ޚަބަރު

ޓޫރިޒަމަކީ ކުޑަދޮރުން ބޭރު ބަލާއިރު، ބިކިނީ ފެނުމެއް ނޫން، ހައްޖު ކޯޕަރޭޝަނަށް ޓޫރިޒަމް ވިޔަފާރި ކުރެވޭނެ: ޝަހީމް

ދިޔަވަރު
ޓޫރިޒަމަކީ ކުޑަދޮރުން ބޭރު ބަލާއިރު، ބިކިނީ ފެނުމެއް ނޫން، ހައްޖު ކޯޕަރޭޝަނަށް ޓޫރިޒަމް ވިޔަފާރި ކުރެވޭނެ: ޝަހީމް

ޓޫރިޒަމަކީ ކުޑަދޮރުން ބޭރު ބަލާއިރު، ބިކިނީ ފެނުމެއް ނޫން ކަމަށާއި ހައްޖު ކޯޕަރޭޝަނަށް ހަލާލު ޓޫރިޒަމް ވިޔަފާރި ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރ ޝަހީމް ހާމަ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ދައްކާ ފައިސާ އިސްލާމީ ޝަރީއާ ހުއްދަ ކުރާ މަގުން އިންވެސްޓު ކުރަންޖެހޭ ކަމަށެވެ. އަދި އެގޮތަށް އިންވެސްޓު ކުރާ ފައިސާ ހަލާލް ޓޫރިޒަމަށް އިންވެސްޓު ކުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ނަމަވެސް ހަލާލު ޓުއަރިޒަމަކީ ދުނިޔޭގައި އޮތް ކޮންސެޕްޓެއް ނޫނެވެ. އެއީ ސްކޭމެކެވެ. ހަލާލު ޓުއަރިސްޓް ހޮޓަލެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުހުރެއެވެ. ހަލާލު ކުރިއަށް ލައިގެން ހައްޖު ވެރިން ހައްޖަށް ފޮނުވުމަށް ދީފައިވާ ލާރި ވިޔަފާރިއަކަށް ބޭނުން ކުރުމަކީ ދީނީ ގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސް ކުރެވޭނެ ކަމެއް ނޫނެވެ. ހައްޖު ކޯޕަރޭޝަނުން މުއިއްޒުގެ ރުހުމާއި އެކު އެކަން ކުރަނީ އެފައިސާއިން ވައްކަން ކުރުމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ވެރިންނަކީ ބޮޑެތި ވަގުންނެވެ. ހައްޖަން މީހުން ފޮނުވުމުގައި ބޮޑެތި ހިޔާނާތް ވެފައިވާ ކުށްވެރިންތަކެކެވެ. ޤަވާއިދާއި ޚިލާފަށް ހައްޖު ކޯޕަރޭޝަން އާއި ހަވާލު ކޮށްފައިވާ ޝަކީލުގެ އާއިލާގެ ފަރާތްތައް ވަނީ އެންމެ ފަހުން އޮތް ހައްޖަށް ގެންގޮސްފައެވެ. އަދި ފަގީރުން ހައްޖަށް ފޮނުވުމުގެ ނަމުގައި ހައްޖަށް ދިޔުމަށް ކިޔުގައި ތިބި ހައްޖު ވާޖިބުވާ ފަރާތްތައް ހައްޖުން މަހުރޫމުކޮށް، ހައްޖުގެ އަޅުކަން ވާޖިބު ނުވާ ފަރާތްތަކަކަށް ހައްޖަށް ދިޔުމަށް ފުރުޞަތު ދީ އެތައް ބައެއްގެ ހައްޤުތަކަށް މުއިއްޒު އާއި ޝަކީލު ދަނީ ގަސްތުގައި އަރައިގަންނަމުންނެވެ. މިއީ ދީނީ ގޮތުން ބޮޑު ފާފައެކެވެ. އަދި ބައެއްގެ ހައްޤަކަށް އަރަގަނެގެން އެތައް ފަހަރަކު ހައްޖަށް ގޮސްފައިވާ މީހުން މުއިއްޒު ދަނީ ދޭ ހަދިޔާ އެއްކަމަށް ހަދައި ފޮނުވަމުންނެވެ.

ހައްޖުގެ އަޅުކަމުގައި ރައްޔިތުންގެ މައްޗަށް އިންސާފު ނެތް ވެރިއަކު އެއްވެސް ކަމެއްގައި ރައްޔިތުންނަށްކަށް އިންސާފެއް ނޯންނާނެއެވެ. ހައްޖުގެ އަޅުކަމުގައި ކިޔު ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން ހައްޤުވާ %32 މީހުން އެހައްޤުން މަހުރޫމުކޮށް ހައްޖަށް ނުދެވޭގޮތް ދަނީ ހަދަމުންނެވެ.

މިގޮތަށް ހެދުމުގެ ސަބަބުން ހައްޖުގެ އަޅުކަން ވާޖިބުވެފައިވާ ފަރާތްތަކަށް ހައްޖަށް ދިޔުމަށް ފުރުޞަތު ނުލިބި ދަނީ ދުވަސްވެ ދުނިޔެ ދޫކޮށް ދަމުންނެވެ. އަދި މިފަހުން މުއިއްޒު އަންގައިގެން ހައްޖު ކޯޕަރޭޝަނުން ވަނީ ބޮޑެތި ބަލި ހުންނަ މީހުން (މުސްކުޅިންނަށް) ހައްޖަށް ނުދެވޭ ގޮތް ހަދާފައެވެ. މިކަމުގެ ސަބަބުން މުއިއްޒު ބޭނުންވާ މީހުން ހައްޖަށް އިތުރަށް ފޮނުވޭނެއެވެ.