2.5 ބިލިއަން ޕްރިންޓް ކުރާތީ ޝަރުވަޝު ޕެންޝަން ބޯޑުން އިސްތިއުފާ ދީފި، އިނާޒް ވެސް ދަނީ އިސްތިއުފާ ދޭން ވިސްނަމުން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ފައިސާ ޗާޕު ކުރުމަށް މުއިއްޒު ވިސްނާފައިވާ ގޮތަކީ ޤާނޫނާއި ޚިލާފު ގޮތެކެވެ. އަދި އެއީ ޤާނޫނުން ދީފައިވާ ބާރުގެ ތެރެއިން ޕްރިންޓް ކުރެވޭ ވަރަށް ވުރެ އެތައް ގުނައެއް ބޮޑު އަދެދެކެވެ. އެގޮތުންވެސް އެއީ ޤާނޫނާއި ޚިލާފު ކަމެކެވެ.
ޕެންޝަން އޮފީސް ބޭނުން ކޮށްގެން މުއިއްޒު ފައިސާ ޕްރިންޓް ކުރަނީ ރައްޔިތުންނަށް ކަމުގެ ހަޤީގަތް އޮޅުވާލުމަށެވެ. ޕެންޝަން އޮފީހަށް އެމްއެމް އޭއިން ޗާޕް ކުރާ ފައިސާ ވެއްދުމަށްފަހު، ޕެންޝަން އޮފީހުން އެފައިސާ ނަގަނީ ސަރުކާރަށެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި އިނާޒް ވެސް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އިސްތިއުފާ ދޭނެއެވެ.