ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރުކޮށް ދެއްވި ގޮތުގައި، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ، ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ޖަލްސާ އަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ދައުވަތު ރައީސް ސޯލިހު ވަނީ ގަބޫލު ކުރައްވައިފަ އެވެ.
"އެ މަނިކުފާނު [އެ ޖަލްސާއަށް] ވަޑައިގަންނަވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، މިއަދުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިނުގަންނަވާނެ އެވެ.
އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނީ އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައިނުގަންނަވަން ނިންމެވި ސަބަބަކީ ޖިނާއީ ހުކުމެއްގައި ހުންނަވަނިކޮށް ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.
ޔާމީނަށް ބައިވެރި ވަޑައި ނުގަންނެވޭހެން މުއިއްޒު އޭނާގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާތީ އެކަމުގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ.