ޚަބަރު

މުއިއްޒު އަންނަ ހަފްތާގައި އައްޑޫއަށް ދާތީ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް، ދަރަނި ވެރިވެފައި އޮތް ފެނަކައިން އެ ސިޓީއަށް ބާ ޖެން ސެޓެއް ގެންގޮސްފި

ދިޔަވަރު
މުއިއްޒު އަންނަ ހަފްތާގައި އައްޑޫއަށް ދާތީ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް، ދަރަނި ވެރިވެފައި އޮތް ފެނަކައިން އެ ސިޓީއަށް ބާ ޖެން ސެޓެއް ގެންގޮސްފި

މުއިއްޒު މިމަހު ފަހުކޮޅު އައްޑޫއަށް ވަޑައިގަންނަވާތީ، ބޭނުން ކޮށްފައި ހުރި ބާ ޖެންސެޓެއް އައްޑޫ ސިޓީއަށް ފޭދޫ ބަނދަރަށް މިއަދު ގެންގޮސްފި އެވެ.

ފެނަކައިން ބުނީ އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގެނެވޭ ޖަނަރޭޓަރުތަކުގެ ތެރެއިން، 1.6 މެގަވޮޓް ގެ ޖަނަރޭޓަރު ހިފައިގެން ދިޔަ އުޅަނދު ފޭދޫ ބަނދަރަށް ވަދެފައިވާ ކަމަށެވެ. އަދި ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް މިއަދު ހެނދުނަށް ތާވަލުކުރެވިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ނުލިބި އުޅޭތާ އެތައް ދުވަހެއް ވަނީ ފާއިތުވެފަ އެވެ. އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކުހެން ކަރަންޓުގެ ހިދުމަތް މެދުކެނޑެ އެވެ. ބައެއް ދުވަސްތަކުގައި އެކި ސަރަހައްދުތަކުން ގަޑިއިރަކު އެއް ފަހަރުވެސް ކަރަންޓު ކަނޑާފައި އެބަހުއްޓެވެ.

މުއިއްޒު ގެންދަވަނީ ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ޕްރޮޖެކްޓްތަކުގެ މަސައްކަތް ފެށުމުގެ ނަމުގައި ރަސްމިއްޔާތުތައް ބާއްވަމުންނެވެ. އަދި މުއިޒު މަޝްރޫޢުތައް ފެށުމަށާއި އިމާރާތްތަކުން ބިންގާތައް އެޅުމަށް ދާ ކޮންމެ ރަށަކަށް ވަޑައިގަންނަވަނި އެކަމަށް ޚާއްސަ ކުރެވިފައިވާ ސެޓަޕަކާވެސް އެކީގައެވެ. އެހެންނަމަވެސް މި ގޮތުން މަސައްކަތް ފެށުމުގެ ނަމުގައި ބިންގާ އެޅި އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް އަދި ކުރިޔަށް ނުދާކަމަށް އެރަށްރަށުން މައުލޫމާތު ދެއެވެ.