މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާގެ ދަރިއަކު ނެތިސް، އޭނާގެ ދަރިފުޅު އަތުލުމަށް ކަމަށް ބުނެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އޭނާގެ ގެއަށް ދިޔަ ހާދިސާއިން ސަރުކާރުގެ ބޮޑު އިހުމާލެކެވެ.
މައީޝާ 'އެކްސް' މެދުވެރިކޮށް ހިއްސާކުރި ތުރެޑެއްގައި ބުނި ގޮތުގައި ޖެންޑާ މިނިސްޓްރީން އޭނާއަށް ގުޅުމުގެ ބަދަލުގައި ގުޅީ އޭނާގެ ދައްތައަށެވެ. މިނިސްޓްރީން މައީޝާގެ ދައްތައަށް ގުޅީ ކާކުކަން ނޭނގޭ ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން، މައީޝާގެ '2 އަހަރުގެ ދަރިފުޅު' ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކަމަށެވެ. މައީޝާ އަމިއްލައަށް ފާޅުކޮށްފައިވާ ގޮތުގައި އޭނާގެ ދަރިއަކު ނެތެވެ.
"މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެއް. އަހަރެންގެ ދަރިއަކު ނުހުރޭ،" މައީޝާ ޕޯސްޓުކޮށްފައިވެއެވެ.
މިއީ ސަރުކާރުގެ މުއައްސަސާއަކުން ކުރާ މަސައްކަތުގެ ފެންވަރު ދައްކުވައިދޭ ވަރަށް ކަންބޮޑުވާންޖެހޭ ހާދިސާއެކެވެ. ކާކުކަން ނޭނގޭ ފަރާތަކުން ދޭ މަޢުލޫމާތެއް އެއްވެސް ވަރަކަށް ޗެކްނުކޮށް، ކުޑަކުއްޖަކު ގެއިން އަތުލައިގަންނަން ދިޔުމަކީ ދައުލަތުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރުމާއި އިހުމާލުގެ ސީރިއަސް މައްސަލައެކެވެ. މައިޝާގެ ދަރިއެއް އޮތްނަމަ މިއަދު ސަރުކާރުން އެކުއްޖާ ނަގާނީ ތަނެއް ދޮރެއް ނުބަލައެވެ. މިއީ މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ފެންވަރެވެ.
ޖެންޑާ މިނިސްޓްރީގެ މިނިސްޓަރަކަށް ހުރި އައިޝަތު ޝިހާމަކީ މިނިސްޓަރުކަން ފައިސާ ދީގެން ގަނެގެން ކޮންމެފަހަރަކު މިނިސްޓަރު ކަމަށް އަންނަ އެއްވެސް ޤާބިލު ކަމެއް ނެތް އަންހެނެކެވެ. އެވެސް ފިރިމީހާގެ މުއްސަނދި ކަމުގައެވެ.
ދިވެހިރާއްޖޭގެ ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގައި ކުޑަކުދިންގެ އުފަންވުމާއި ގުޅޭ މަޢުލޫމާތު ރިކޯޑުކުރެވިފައި ހުންނާނެއެވެ. އެހެންނަމަވެސް، މީހަކު ގުޅާލައިގެން ކުޑަކުއްޖެއްގެ ރައްކާތެރިކަމުގެ މައްސަލައެއްގައި ޙަޤީޤަތް ސާފުކުރުމަކާ ނުލައި ޢަމަލުކުރުމަކީ ކަންބޮޑުވުން އުފެދޭ ކަމެކެވެ.
ސޯޝަލް މީޑިއާގައި މި ހާދިސާއާ ގުޅިގެން އާންމުން ވަނީ މިނިސްޓްރީއަށް ފާޑުކިޔާފައެވެ. ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ވުޖޫދުގައި ވެސް ނެތް ކުއްޖަކު އަތުލަން ދިޔައިރު، އުފަންވާ ކުދިންގެ މަޢުލޫމާތު ވެސް މިނިސްޓްރީގައި ނުހުރުމަކީ ސުވާލު އުފެދޭ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިނިސްޓްރީން ޢަމަލުކުރީ އުސޫލުގައި އޮންނަ ގޮތުގެ މަތިން ކަމަށެވެ. އެހެންނަމަވެސް، ކުޑަކުދިންގެ ރައްކާތެރިކަމުގެ ނަމުގައި މިފަދަ ނިޒާމީ ބޮޑެތި އިހުމާލުތައް ހިންގުމަކީ ޒިންމާދާރު ދައުލަތެއްގައި ހިނގައިގެންނުވާނެ ކަންކަމެވެ. ދައުލަތުގެ އިދާރާތަކުން މިފަދަ މުހިންމު މައްސަލަތަކުގައި އަވަސްއަރުވާލުމުގެ ބަދަލުގައި ދިރާސާކޮށް، ހެކި ހޯދުމަށްފަހު ޢަމަލުކުރުން މުހިންމެވެ.