ފާއިތުވި އަހަރުގެ %25 ވަގުތު އައްޑުއަކަށް ކަރަންޓު ނުލިބެއެވެ. 89 ދުވަހު ކަރަންޓު ނުލިބެއެވެ. މިއީ 21 ވަނަ ގަރުނުގައި އެފްރިކާގެ ގިނަ ގައުމުތައްވެސް ތަހައްމަލު ނުކުރާ ދަތި ހާލަތެކެވެ. ބުއްދި ހަމަޖެހޭ ބަޔަކު އައްޑޫގައި އުޅޭނަމަ މުއިއްޒު އައްޑުއަށް ނާރުވާނެއެވެ. އައްޑޫއަށް މިހާލު ޖެއްސީ ސީދާ މުއިއްޒު އާއި އިޙްސާން (އައްޕަތުރޭ) އެވެ.
އައްޑުއަށް ބާ އިންޖީނުތަކެއް އާ އިންޖީނުގެ ގޮތުގައި ގެންދިޔައީ މުއިއްޒުގެ ސަރުކާރުން ކަޓު ނަގައިގެންނެވެ. އެކަން އެއޮތީ ފެނަކައިގެ އިންޓަރނަލް އޮޑިޓް ރިޕޯޓުން އެނގޭށެވެ. ފެނަކައިގެ އެމްޑީ ދިމްޔާތަށް ފޮނުވާ ފައިސާގެ ތެރޭ މި ކޮރަޕްޝަނުން ލިބުނު ފައިސާ ހިމެނެއެވެ. ފެނަކައިގެ އެމްޑީއަށް މިވަރަށް ވައްކަން ކުރަން ޖެހިފައިވަނީ މުއިއްޒަށް ފައިސާ ދޭން ޖެހޭތީ ކަމަށް އޭނާވެސް އެދަނީ ހަމަ ބުނަމުންނެވެ.
މުއިއްޒު އައްޑޫގައި ހުއްޓާ ކަރަންޓު ގޮސްފާނެ ކަމަށް ތިނަދޫގައި ހުރި އިންޖީނަކާއި، އާ އިންޖީނު ކަމަށް ބުނާ ދެ އިންޖީނެއް ކަފު ޖަހައިގެން އެ ގެންދަނީ މާދަމާ ތިނަދޫއަށް ދާއިރު އެ އިންޖީނު އަނބުރާ ތިނަދޫއަށް ގެންދަން ޖެހޭނެ ކަން އައްޑޫ ރައްޔިތުންގެ ސިކުނޑިއަށް ނުވިސްނޭނެ ކަން މުއިއްޒަށް ސާފުކޮށް އެނގޭތީއެވެ.
މި ދެ އިންޖީނު އާއި، ތިނަދޫ އިންޖީނު އައްޑޫއަށް ގެންދިޔައަސް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ސީދާ ފެނަކައިގެ އިންޖިނިއަރުން ވަނީ ހާމަ ކޮށްފައެވެ. މިހެން އެތައް ޖަނެރޭޓަރެއް އައްޑޫ އަށް ފޮނުވައި އައްޑޫ ރައްޔިތުން ހައްދައިގެން ގެންގުޅޭ އިރު ފެނަކައިގެ އެމްޑީއަކަށް އެހެރީ އިހުސާނު އެތާ ބެހެއްޓި ނަޖާހު ކިޔާ ރިޓާޑެކެވެ.
އައްޑޫއަށް ފޮނުވާ ޖަނެރޭޓަރުތަކުން ކުރާ ވައްކަމުން އިހުސާނަށާއި މުއިއްޒަށް ބައި އެޅެއެވެ. އައްޑޫ ކަރަންޓު ހައްލު ނުވެގެން އުޅެނީ މިދެމީހުންނަށް އަޅަން ޖެހޭ ބައި ހަމަ ކޮންމެ ފަހަރަކުވެސް ބޮޑުވީމައެވެ.