ފެނަކަ އެމްޑީ ނަޖާހު ރައްޔިތުންގެ މަޖިލީހުގައި ދޮގު ހަދައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި ތެދު ބަހުން ވާހަކަ ދެއްކުމަކީ ސީދާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ލާޒިމް ކުރާ ކަމެކެވެ. އަދި މަޖިލީހުގައި ދޮގު ހެދުމަކީ ބޮޑު ކުށެކެވެ.
މަޖިލީހުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަޙުމަދު އަޒާން (ރޯހިތު) ކުރި ސުވާލަކަށް ޖަވާބު ދެމުން ހަދާފައިވާ ދޮގަކީ، ޑީސެލުން ވައްކަން ކުރަން ހުއްޓުވަން އެ ދާއިރާގެ ޕްރޮފެޝަނަލް ސްޕެޝެލިސްޓެއް މިހާރު ހަޔާ ކޮށްފައި ވާކަމަށް ބުނެ ހަދާފައިވާ ދޮގެވެ. އަދި އޭނާއަކީ ރާއްޖެއިން ބޭރުން އެދާއިރާއިން ކިޔަވާފައި ހުރި ބޭފުޅެއް ކަމަށް ބުނެ ދޮގު ހަދާފައިވެއެވެ. އަދި އެ ބޭފުޅާ މިހާރު ދަނީ އެކަމާއި ގުޅޭ ދިރާސާތައްކޮށް، ޑީސެލް ކޮލިޓީ ޗެކް ކުރެވޭނެ ނިޒާމު ރާއްޖޭގެ ގާއިމު ކުރުމަށް ކަމަށް ފެނަކަ އެމްޑީ ރިޓާޑް ޖަނާހު ހާމަ ކުރިއެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި، ސްޕެޝަލިސްޓެއް ގޮތުގައި އައްޔަން ކޮށްފައި ވަނީ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ކިޔަވާފައިވާ މިކަމާއި އެއްވެސް ގުޅުމެއް ނެތް މީހެކެވެ. މިކަމަށް ނަގާފައިވަނީ މުހައްމަދު ޝުޖާޢު ކިޔާ މީހެކެވެ. އޭނާ ޑިގްރީ އަށް ކިޔެވީ، ކޮމްޕިއުޓަރ ސިސްޓަމްސް ނެޓްވޯކިންގ އެންޑް ޓެލަކޮމިޔުނިކޭޝަން ކިޔާ ކޯހެކެވެ. މާސްޓާސް ހެދީ އިންފޮމޭޝަން ޓެކްނޮލަޖީ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓްއެވެ. އޭނާ ކިޔަވައި ނިންމީ 2009 ވަނަ އަހަރުއެވެ.
މަޖިލީހުގައި ޑީސެލް ކޮލިޓީ ޗެކް ކުރުމުގެ ދާއިރާއިން ކިޔެވައިގެން ހުރި ސްޕެޝަލިސްޓެއް ނަގާފައިވާ ކަމަށް ބުނެ، އެ މަގާމު އުފައްދައި ގާތް ރައްޓެއްސަކަށް ވަޒީފާ ދީގެން ގަދަ އަށް ރައްޔިތުންގެ ފައިސާއިން ނާޗަރަންގީ ކުޅެ ކުރަމުން ދަނީ ލޫޓުވުމެވެ.