ސިޔާސީ

23 ކުއްޖެއްގެ ބޭރުގެ މަތީ ތައުލީމް، މުއިއްޒުގެ އިއްޒަތާއި ޝަރަފަށްޓަކައި، އަމިއްލަފުޅު އުފަލަށްޓަކައި 2 ގަޑި އިރުގެ ކުޑަ ހަފްލާއަކަށް ދުއްވާލަނީ!

ދިޔަވަރު
23 ކުއްޖެއްގެ ބޭރުގެ މަތީ ތައުލީމް، މުއިއްޒުގެ އިއްޒަތާއި ޝަރަފަށްޓަކައި، އަމިއްލަފުޅު އުފަލަށްޓަކައި 2 ގަޑި އިރުގެ ކުޑަ ހަފްލާއަކަށް ދުއްވާލަނީ!

23 މިލިއަން ރުފިޔާއަކީ ކުޑަ އަދަދެއް ނޫނެވެ. އާންމު މީހެއްގެ އުމުރުގައި އެއްކޮށްލެވޭނެ ވަރުގެ ފައިސާއެއްވެސް ނޫނެވެ. އެންމެ 3000 މީހުން އަންނަ 2 ގަޑި އިރުގެ ހުވާ ކުރުމުގެ ހަފްލާއަކަށް މިއީ ތަންކޮޅެއް ބޮޑުވަރެވެ. މިއީ ރާއްޖޭގެ އެއްވެސް ރައީސަކު މިހާތަނަށް ކޮށްފައި ނުވާ ބޮޑު އިސްރާފެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް 11،000 މީހުންނަށް ދައުވަތު ދޭން 10 މިލިއަން ޚަރަދު ކުރިއިރު، 3000 މީހުން ގެ އިވެންޓަކަސް ޚަރަދުވާނެ އަސްލު އަގަކީ 5-6 މިލިއަން ރުފިޔާއެވެ.

ދައުލަތް ހިންގުމަށް ފައިސާ ނެތްކަމަށް، ކަނޑައެޅިގެން އެތައް ފަހަރަކު މުއިއްޒުގެ ފަރާތުން ބުނެފައިވާއިރު، މިއީ އެއްވެސް ޚަރަދެއް ނުކޮށް ރައްޔިތުން މަޖިލީސް ކުރާ ގޭގައިވެސް ބޭއްވިދާނެ ހަފްލާއެކެވެ.

ހިތާމަ އަކީ މިއީ 23 ކުއްޖެގެ މަތީ ތަޢުލީމް ރާއްޖެއިން ބޭރުން ހޯދުމަށް ޚަރަދު ކުރެވެން އޮތް އަދަދެކެވެ. މިއީ ރާއްޖޭގެ ރަށް ރަށުގައި 4 މިސްކިތް އަޅަން ދާ އަގެވެ. މިއީ 3 ހޮސްޕިޓަލް ރަށެއްގައި އަޅައި ނިންމުމަށް ދާނެ ޚަރަދެވެ. މިއީ ދައުލަތުގައި ފައިސާ ނެތް ވަގުތެއްގައި ކޮންމެހެން ހަރަދުކުރަން ހުރި ބޭނުންތަކަށް ޚަރަދު ކުރަން ހުރި ފައިސާއެވެ.

ވެރިކަމަށް ވަޑައިގަތުމަށް ހުވާ ކުރުމުގެ ރަސްމިއްޔާތުވެސް މި ބާއްވަނީ މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ފަރުވާ ބަހައްޓަނީ، އަމިއްލަ ނަފްސުގެ ޝަރަފު މަތިވެރި ކުރުމަށެވެ. އިއްޒަތާއި ޖާހަތު ދެއްކުމަށެވެ. ދެއްކުން ތެރިކަމާއި އިސްރާފަކީ ޚުދު ދީނުގައިވެސް ނަހީ ކުރައްވާފައިވާ ކަންކަމެވެ.