ޚަބަރު

ކިލަނބު ވެގެން ގޮސްފައިވާ އިސްރާއީލުގެ ނަން ފުޓު ބޯޅާގައި ރީތި ކުރުމަށް ފީފާގެ ރައީސް ހިންގަވާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ގަލޮޅު ދަނޑުގައި އޮންނަ ފުޓު ބޯޅަ މެޗްގައި މުއިއްޒު ކުޅުއްވާނެ

ދިޔަވަރު
ކިލަނބު ވެގެން ގޮސްފައިވާ އިސްރާއީލުގެ ނަން ފުޓު ބޯޅާގައި ރީތި ކުރުމަށް ފީފާގެ ރައީސް ހިންގަވާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ގަލޮޅު ދަނޑުގައި އޮންނަ ފުޓު ބޯޅަ މެޗްގައި މުއިއްޒު ކުޅުއްވާނެ

ކިލަނބު ވެގެން ގޮސްފައިވާ އިސްރާއީލުގެ ނަން ފުޓު ބޯޅާގައި ރީތި ކުރުމަށް ފީފާގެ ރައީސް އެކި ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮންނަ ޚާއްސަ ހަރަކާތެއްގެ ގޮތުގައި މިއަދި ހަވީރު ގަލޮޅު ދަނޑުގައި އޮންނަ ފުޓު ބޯޅަ މެޗްގައި މުއިއްޒު ކުޅުއްވާނެ ކަމަށް ޕީއެންސީން ބުނެފިއެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) އިން އިޒްރޭލްގެ ޓީމުތައް ބައިނަލްއަގުވާމީ މުބާރާތްތަކުން ސަސްޕެންޑްކުރުމަށް ކުރަމުންދާ ގޮވާލުންތަކަށް ފަހަތަށް ޖެހިއް، ފުޓުބޯޅާގައި ކިލަނބު ވެފައިވާ އިސްރާއީލުގެ ނަން ރީތި ކުރާނެކަމަށް ކަމަށް އެޖަމިއްޔާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވައުދު ވެވަޑައިގެންފައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފައިވަނީ "ފީފާއަކަށް ޖިއޯޕޮލިޓިކަލް މައްސަލަތައް ހައްލުކޮށް ނުދެވޭނެ" ކަމަށާއި، އެ ޖަމިއްޔާއިން ކުރަންޖެހޭނީ ސުލްޙަވެރިކަމާއި އެއްބައިވަންތަކަން ކުރިއަރުވައި ދިނުން ކަމަށެވެ. އަދި އިންފަންޓީނޯ ވިދާޅުވެފައިވަނީ ކިލަނބުވެގެން ގޮސްފައިވާ އިސްރާއީލުގެ ނަން ފުޓުބޯޅާގައި އޭނާ ރީތިކޮށް ދެއްވާނެ ކަމުގައެވެ. އެގޮތުން އެމަސައްކަތުގެ ދަށުން، ވަކީން ޚާއްސަކޮށް އިސްރާއީލުން ޢައްޒާގައި ހިންގި ބޮޑު ގަތުލުއާންމަށްފަހު އޭނާ ދުނިޔޭގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި އޭނާ ކަނޑައަޅުއްވާފައިވަނީ، ފުޓު ބޯޅާގައި ކިލަނބުވެގެން ގޮސްފައިވާ އިސްރާއީލުގެ ނަން ރީތިކޮށް، އެގައުމުގެ ފުޓުބޯޅައިގެ މޫނުމަތި ރީތި ކުރުމެވެ.

ގާޒާގައި ދެ އަހަރު ވަންދެން ނުހަނު އަނިޔާވެރިކޮށް އިސްރާއީލުން ހިނގި ހަނގުރާމައިގެ ސަބަބުން، ޔޫރަޕްގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން އިޒްރޭލްގެ ޓީމުތައް ސަސްޕެންޑްކުރުމަށް ގޮވާލައި، ޔޫއީއެފްއޭއިން އެކަމާ ބެހޭ ވޯޓެއް ނަގަން ގޮވާލާފައިވެއެވެ. ނޯވޭ، ޓާކީ އަދި އެހެނިހެން ގައުމުތަކުން އިޒްރޭލް ސަސްޕެންޑްކުރަން ގޮވާލާފައިވެއެވެ.

ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ ފުޓްބޯޅައިގައި އިޒްރޭލްގެ ހައިސިއްޔަތު ހިމާޔަތްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. 2026 ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕާ އިންފަންޓީނޯ ވަރަށް ގާތް ގުޅުމެއް އުފައްދާފައިވެއެވެ.

އިންފަންޓީނޯ އޭނާގެ 37 މެމްބަރުންގެ ކައުންސިލްގައި ވަނީ "ފުޓު ބޯލައިން އިސްރާއީލު ސަސްޕެންޑް ކުރުމަށް ތަކުރާރުކޮށް ދެކޮޅު ހަދައިފައެވެ. އެހެންނަމަވެސް އޭނާ ފީފާގެ ރައީސް ކަމުގައި ހުންނަވަނިކޮށް، ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާދޭން ފެށިތާ 4 ދުވަސް ތެރޭގައި ވަނީ ފުޓުބޯޅައިން ރަޝިއާ ސަސްޕެންޑް ކޮށްފައެވެ.

ފީފާއިން ރަޝިޔާ 2022 ގައި ޔޫކްރެއިންއަށް ހަމަލާދިން ފަހުން ސަސްޕެންޑް ކުރި ނަމަވެސް، އިޒްރޭލާ ދޭތެރޭ ފީފާއިން ދެކެމުންދަނީ މުޅިން ތަފާތު ނަޒަރިއްޔާތަކުންނެވެ. އަދި ފީފާގެ ސިޔާސަތުގައި އެއްގޮތްކަން ނެތްކަމުގެ ސުވާލު ދުނިޔޭގެ އެތައް ގައުމަކުން އުފައްދައެވެ.

އިޒްރޭލްގެ ޤައުމީ ޓީމު އޮކްޓޫބަރު 11 ގައި ނޯވޭގައި އަދި އޮކްޓޫބަރު 14 ގައި އިޓަލީގައި ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ކުޅެން ތައްޔާރުވަމުންދެއެވެ.