ޚަބަރު

އައިބީއާއި އިހުސާނު ލަދުވެތި ގޮތަކަށް ވޯޓުން ބަލި ވެއްޖެ، ނަތީޖާއިން ދައްކުވައިދިނީ ސިޔާސީ ތަޖުރިބާއެއް ނެތް، ފެއިލް ވެފައި ތިބި ބަޔަކު ކުރިޔަށް ނެރެގެން މުއިއްޒުއަށް ސަލާމަތެއް ނެތްކަން

ދިޔަވަރު
އައިބީއާއި އިހުސާނު ލަދުވެތި ގޮތަކަށް ވޯޓުން ބަލި ވެއްޖެ، ނަތީޖާއިން ދައްކުވައިދިނީ ސިޔާސީ ތަޖުރިބާއެއް ނެތް، ފެއިލް ވެފައި ތިބި ބަޔަކު ކުރިޔަށް ނެރެގެން މުއިއްޒުއަށް ސަލާމަތެއް ނެތްކަން

އައްޑޫ ސިޓީ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެ ކައުންސިލުން ފޭދޫ ވަކިކޮށް އެ ރަށުގައި ވަކި ކައުންސިލެއް އުފެއްދުމަށް ބޭނުން ނުވާ ކަމަށް ވޯޓުގައި ބައިވެރިވި އެ ރަށުގެ ގިނަ ރައްޔިތުން ވޯޓު ދީފި އެވެ.

މިހާތަނަށް ފޭދޫގައި ބެހެއްޓި ފަސް ވޯޓު ފޮށީގެ ނަތީޖާވެސް ލިބިފައިވާއިރު 1131 މީހުން ވޯޓު ދިނީ ވަކިވާން ބޭނުންނުވާނެ ކަމަށެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 447 މީހުން ވޯޓު ދިނެވެ. މާލޭގައި ހުރި ވޯޓު ފޮށިތަކުގެ ނަތީޖާއިން ވެސް ބުރަވެވެނީ ފޭދޫ އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މިއަދު ފެންނަ ނުފެންނަ ވޯޓުގައި އެހީ އެ ރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިކުރުމަށެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު 4،368 މީހުންނަށް ލިބުނެވެ.

ސަރުކާރުން މިކަމުގައި ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ތަމްސީލުކުރާ ފޭދޫއަށް ނިސްބަތްވާ ދެ މެންބަރު ކަމަށްވާ އިބްރާހިމް ދީދީ އާއި އިސްމާއިލް ނިޒާރު ކެމްޕޭން ކުރައްވަމުން ގެންދެވީ ފޭދޫ ވަކިކުރުމަށެވެެ.

އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް 2010 ވަނަ އަހަރު ނެގި ވޯޓުގައި ފޭދޫއިން ވޯޓު ދިނީ ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް 397 މީހުން ވޯޓުދިންއިރު ނުފެންނަ ކަމަށް 494 މީހުން ވޯޓު ދިނެވެ.

މި ވޯޓުގައި ފޭދޫ އައްޑޫ ސިޓީން ވަކި ކުރުމަށް އެ ދާއިރާގެ މެމްބަރު އައިބީއާއި އޭނާގެ ދަރި އަދި ހޯމް މިނިސްޓަރު އިހުސާން ވަރަށް ބޮޑަށް ކެމްޕޭން ކޮށްފައި ވެއެވެ. އެހެންނަމަވެސް ނަތީޖާއިން ބޮޑު ތަފާތަކުން އައްޑޫ ކައުންސިލުން ވަކި ވާން ނުފެންނަކަމަށް ފޭދޫ ރައްޔިތުން ނިންމުމުން، މުއިއްޒުގެ އެންމެ އަރިސް މީހުން ކަމުގައި ދެކިގެން އުޅޭ އިހުސާންއާއި އަދި އޭނާގެ ބައްޕަ އައިބީއަށް ރަށުގައި ކުޑަނަމަވެސް ތާއީދެއް ނެތްކަން ވަނީ ހާމަވެގެން ގޮސްފައެވެ. އަދި މިމީހުން ކުރިޔަށް ނެރެގެން މުއިއްޒުއަށް ސަލާމަތެއް ނެތްކަންވެސްވަނީ ހާމަވެގެން ގޮސްފައެވެ.