އައްޑޫ ގަމުގައި ތުރުކީގެ ހަތިޔާރާއި އެކު ގެނެސްފައިވާ ޑްރޯންތައް އުދުއްސުމަށް މިލިޓަރީ ބޭސް އެއް ގާއިމު ކުރަން މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ. މި ބޭސް އަކީ ތުރުކީގެ މިލިޓަރީ ބޭސް އެކެވެ. މި ތަކެތި އޮޕަރޭޓު ކުރުމަށް ގަމުގައި ތުރުކީގެ ސިފައިން ތިބޭ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. މިހާރުވެސް ރާއްޖޭގައި ތުރުކީގެ 10 ސިފައިންގެ މީހުން ގާއިމުވެ ދާއިމީކޮށް އެބަ ތިއްބެވެ.
އައްޑޫ ރިފަރަންޑަމް ފަހަތުގައި އޮތީވެސް، ފޭދޫ އައްޑޫ ސިޓީއިން ވަކި ކޮށް، ރަށުކައުންސިލް މެދުވެރިކޮށް ގަމުގެ ބާރުތައް ތުރުކީއަށް ދިނުމުގެ މަކަރުވެރި ރޭވުމެވެ. މިހާރަށްވުރެ ބޮޑަށް ގަން އައްޑޫއިން ވަކި ކޮށްލުމެވެ.
އިރާދަ ކުރެއްވީތީ، ފޭދޫ އިން މުއިއްޒު އާއި އައްޕަތުރޭއަށް ވަނީ ނޫނެކޭ ބުނެފައެވެ. ފޭދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ބައެއް ގޮތުގައި ތިބޭށެވެ.
މިދިޔަ ހަފްތާގައި، އައްޑުއަށް ޑްރޯންތަކެއް ވަނީ ތުރުކީއިން ގެނެސްފައެވެ. މި ޑްރޯން ތަކަކީ އައްޑޫ ގަމުގައި ތައްޔާރު ކުރެވޭ ތުރުކީގެ މިލިޓަރީ ބޭހަށް ގެނެސްފައިވާ ޑްރޯންތަކެކެވެ. އަދި މި ޑްރޯން ތަކާއި އެކު މިސައިލާއި ހަތިޔާރު ގެނެސްފައިވެއެވެ.
ތުރުކީގެ ސިފައިން ގަމުގައި ތިބުމެކޭ އިނގިރޭސި ސިފައިން ގަމުގައި ތިބުމެކޭ އޮތީ ކޮން ތަފާތެއް ތޯއެވެ. މުއިއްޒު ވަނީ ތުރުކީއަށް މިގައުމުގެ އިސްތިގްލާލު ވިއްކާލާފައެވެ.
މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ގެއްލިގެންދާ ވަރަށް ވެސް ނުރައްކާތެރި އަމަލެކެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ހަމަ ނުޖެހުން އިތުރުވެ، ޖެއޮޕޮލިޓިކްސްގައި ރާއްޖެއަކީ މާދުރުގައިވާ ބޭރުގެ ބާރުތައް ގެނެސް ސަރަހައްދީ އެހެން ގައުމުތަކަށް ނުރައްކާތެރިކަން ކުރިމަތި ކުރުވާ ބަޔަކަށް މުއިއްޒު ހަދައިފިއެވެ.