ޚަބަރު

އައްޑޫ ބައިބައި ކުރަން ނެގި ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބަށްފަހު، މި ހަފްތާގަ ކުރަން އޮތް މުއިއްޒުގެ އައްޑޫ ދަތުރު ކެންސަލް ކޮށްފި

ދިޔަވަރު
އައްޑޫ ބައިބައި ކުރަން ނެގި ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބަށްފަހު، މި ހަފްތާގަ ކުރަން އޮތް މުއިއްޒުގެ އައްޑޫ ދަތުރު ކެންސަލް ކޮށްފި

އައްޑޫ ބައިބައި ކުރަން ނެގި ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބަށްފަހު، މި ހަފްތާގަ ކުރަން އޮތް މުއިއްޒުގެ އައްޑޫ ދަތުރު ކެންސަލް ކޮށްފިކަމަށް ދިޔަވަރު އޮންލައިންއަށް މައުލޫމާތު ލިބިއްޖެއެވެ. "ދިޔަވަރު އޮންލައިން"އަށް މައުލުމާތު ދިން މި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މުއިއްޒުގެ އައްޑޫ ދަތުރު ކުއްލިއަކަށް ކެންސަލް ކުރީ، މުއިއްޒު އައްޑޫއިން އެކަށީގެންވާ ތާއީދެއް ނެތްކަން އަމިއްލަފުޅަށް ޔަގީން ކުރެވި، އައްޑޫގެ ތަރައްގީއަށް މިސަރުކާރުން ކުރިޔަށް ގެންދާ މާބޮޑު ޕްރޮޖެކްޓެއްވެސް ނެތި، އައްޑޫއަށް މުއިއްޒު ވަޑައިގެންފި ނަމަ، މުއިއްޒުއާއި ދެކޮޅަށް މުޒާހިރާ ކޮށްފާނެކަމުގެ ބިރަށް ކަމަށެވެ. އަދި ދެން މި ދަތުރު އޮންނާނެ ވަކި ތާރީޚެއް އެނގިފައި ނުވާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެ ކައުންސިލުން ފޭދޫ ވަކިކޮށް އެ ރަށުގައި ވަކި ކައުންސިލެއް އުފެއްދުމަށް ބޭނުން ނުވާ ކަމަށް، ފޭދޫގެ ބޮޑު މެޖޯރިޓީއަކުން ބުނެފައިވަނީ އިއްޔެ ނެގި އާންމު ރެފަރެންޑަމްގައެވެ.

ފޭދޫ، މީދޫ އަދި ހުޅުދޫ އަށް ހާއްސަކޮށްގެން ބޭއްވި މި ރެފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 9،576 މީހުންގެ ތެރެއިން ވޯޓުލީ 4،510 މީހުންނެވެ. މިއީ ވޯޓުލުމުގެ ހައްގުލިބޭ މީހުންގެ 47.1 ޕަސެންޓެވެ. ވޯޓުގައި ބައިވެރިނުވި 5،066 މީހުން ހިމެނެނީ 52.9 ޕަސެންޓުގައެވެ. މި ވޯޓުގައި 2،139 ފިރިހެނުންނާއި 2،371 އަންހެނުން ބައިވެރިވިއެވެ.

ނަތީޖާތަކުން ދައްކާ ގޮތުން ފޭދޫން 1،782 ވޯޓުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިނުވާށެވެ. އެހެންނަމަވެސް ހުޅުދޫ އާއި މީދޫން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށުގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށެވެ. މި ރެފަރެންޑަމްގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. ފެންނަ ނުފެންނަ ވޯޓުގައި އެހީ އެ ރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިކުރުމަށެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު އެއަށުގެ 4،368 މީހުންނަށް ލިބުނެވެ.

ސަރުކާރުން މިކަމުގައި ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ތަމްސީލުކުރާ ފޭދޫއަށް ނިސްބަތްވާ ދެ މެންބަރު ކަމަށްވާ އިބްރާހިމް ދީދީ އާއި އިސްމާއިލް ނިޒާރު ކެމްޕޭން ކުރައްވަމުން ގެންދެވީ ފޭދޫ ވަކިކުރުމަށެވެެ. އަދި މުއިއްޒުވެސް ވަނީ އެރަށް އައްޑޫ ސިޓީން ވަކިވުމަށް ތާއީދުކޮށް ބައެއް އާންމު ބައްދަލުވުން ތަކުގައި ވާހަކަ ދައްކާފައެވެ.

އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް 2010 ވަނަ އަހަރު ނެގި ވޯޓުގައި ފޭދޫއިން ވޯޓު ދިނީ ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް 397 މީހުން ވޯޓުދިންއިރު ނުފެންނަ ކަމަށް 494 މީހުން ވޯޓު ދިނެވެ.

މި ވޯޓުގައި ފޭދޫ އައްޑޫ ސިޓީން ވަކި ކުރުމަށް އެ ދާއިރާގެ މެމްބަރު އައިބީއާއި އޭނާގެ ދަރި އަދި ހޯމް މިނިސްޓަރު އިހުސާން ވަރަށް ބޮޑަށް ކެމްޕޭން ކޮށްފައި ވެއެވެ. އެހެންނަމަވެސް ނަތީޖާއިން ބޮޑު ތަފާތަކުން އައްޑޫ ކައުންސިލުން ވަކި ވާން ނުފެންނަކަމަށް ފޭދޫ ރައްޔިތުން ނިންމުމުން، މުއިއްޒުގެ އެންމެ އަރިސް މީހުން ކަމުގައި ދެކިގެން އުޅޭ އިހުސާންއާއި އަދި އޭނާގެ ބައްޕަ އައިބީއަށް ރަށުގައި ކުޑަނަމަވެސް ތާއީދެއް ނެތްކަން ވަނީ ހާމަވެގެން ގޮސްފައެވެ. އަދި މިމީހުން ކުރިޔަށް ނެރެގެން މުއިއްޒުއަށް ސަލާމަތެއް ނެތްކަންވެސްވަނީ ހާމަވެގެން ގޮސްފައެވެ. މި ވޯޓުން އެނގި ހާމަވީ މި ސަރުކާރަށް އާންމު ރައްޔިތުންގެ މެދުގައި ތާއީދެ މިންވަރު ކަމުގައި ސިޔާސީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.