ޚަބަރު

ފަގީރުންނަށް ދޭ ޒަކާތު ފައިސާ އިން ވައްކަން ކުރުމަށް އުފެއްދި ޒަކާތު ހައުސްއިން ޒަކާތު ބަހާގޮތް ދަސްކުރުމުގެ ނަމުގައި މެލޭޝިޔާއަށް 11 މީހަކު ތަމްރީނަށް ފޮނުވައިފި

ދިޔަވަރު
ފަގީރުންނަށް ދޭ ޒަކާތު ފައިސާ އިން ވައްކަން ކުރުމަށް އުފެއްދި ޒަކާތު ހައުސްއިން ޒަކާތު ބަހާގޮތް ދަސްކުރުމުގެ ނަމުގައި މެލޭޝިޔާއަށް 11 މީހަކު ތަމްރީނަށް ފޮނުވައިފި

ޒަކާތު ބަހާ ގޮތް ދަސްކުރުމުގެ ނަމުގައި، ޒަކާތު ފައިސާއިން ވައްކަން ކުރުމަށް މުއިއްޒު އާއި ޝަހީމު އުފެއްދި ޒަކާތު ހައުސް އިން 11 މީހަކު ތަމްރީނު ކުރުމުގެ ނަމުގައި މެލޭޝިޔާއަށް ފޮނުވައިފިއެވެ.

ޒަކާތު ހައުސް އަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އުފެއްދި އެއްވެސް ބޭނުމެއް ނެތް މުއައްސަސާއެކެވެ. ޒަކާތުގެ ހުރިހާ ކަމެއް ފާއިތުވި އަހަރު ތަކުގައި ހިންގާފައިވަނީ އިސްލާމިކް މިނިސްޓްރީއިންނެވެ. މިނިސްޓްރީއިން ޒަކާތް ނެގުމާއި ބެހުމުގައި އެއްވެސް ގޮންޖެހުމެއް އައިސްފައި ނުވެއެވެ. ނަމަވެސް ޒަކާތުން ލިބޭ ފައިސާ ނަހަމަ ބޭނުންތަކަށް ޚަރަދު ކުރުމަށް އެއިން ވަކި އިންސައްތައެއް ސިޔާސީ ބޭނުމަށް ބޭނުން ކުރުމަށް މުއިއްޒު ވެރިކަމަށް އައިސް ޒަކާތް ހައުސްގެ ނަމުގައި މިވަނީ ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ވަކި މުއައްސަސާއެއް އުފައްދާފައެވެ.

ޒަކާތު ހައުސް އަކީ ރާއްޖެ ފަދަ ކުޑަ އާބާދީއަކަށް އެއްވެސް ވަރެއްގެ ބޭނުމެއް އޮތް ތަނެއް ނޫނެވެ. ނަމަވެސް މެލޭޝިޔާ ފަދަ 22 މިލިއަން މުސްލިމް އާބާދީއަކުން ޒަކާތް ނަގާއިރު އެކަމަށް ހާއްސަ މުއައްސަސާއެއް ހުރުމަކީ އެންމެ ރަނގަޅު ކަމެކެވެ.

ރާއްޖޭގައި ވަކި މުއައްސަސާއަކުން މިގޮތަށް ފައިސާ ނަގާނަމަ އެކަން ކުރަނީ މީރާ މެދުވެރި ކޮށެވެ. މީރާގައި ނިޒާމު ކުރެވިގެން ހިނގަ ހިނގާ ހުރި ކަމެއް ކުރުމަށް އަދި އިސްލާމިކް މިނިސްޓްރީއިން ބަރާބަރަށް ކުރަމުން އައި ކަމެއް ކުރުމަށް "ޒަކާތު ހައުސް" ގެ ނަމުގައި ފަގީރުންނަށް ދޭން އޮތް ޒަކާތް ފައިސާއިން ވައްކަން ކުރަން ބޮޑު މުއައްސަސާއެއް ހެދުމަކީ މުއިއްޒުގެ ނުބައި ކަމާއި އަނިޔާވެރިކަން ފާޅުވެގެން ދިޔަ ކަމެކެވެ.