ޚަބަރު

ފެނަކަ އެމްޑީ ނަޖާހު އާއި، ޕްރޮކިޔުމެންޓް ޝަނޫނު، 46 ޖެނެރޭޓަރު ޗައިނާ އައިޓީ ކުންފުންޏަކުން 63.6 މިލިއަންގެ ރިޝްވަތު ނަގައިގެން ގަންނަން ނިންމައިފި

ދިޔަވަރު
ފެނަކަ އެމްޑީ ނަޖާހު އާއި، ޕްރޮކިޔުމެންޓް ޝަނޫނު، 46 ޖެނެރޭޓަރު ޗައިނާ އައިޓީ ކުންފުންޏަކުން 63.6 މިލިއަންގެ ރިޝްވަތު ނަގައިގެން ގަންނަން ނިންމައިފި

46 ޖެނެރޭޓަރު ޗައިނާ ކުންފުންޏަކުން ބޮޑު އަގުގައި ރިޝްވަތު ދީގެން ގަންނަން ފެނަކައިން މަސައްކަތް ފަށައިފި އެވެ. މިކަން ކުރަނީ ފެނަކަ އެމްޑީ ނަޖާހު އިސްވެ ހުރެއެވެ. މި ޖަނެރޭޓަރު ތަކުގެ ޖުމްލަ އަގަށް އަރަނީ 32.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފެނަކައިން ކޮރަޕްޝަންގެ ތެރެއިން 32.6 މިލިއަނަށް ލިބޭ މި ޖެނަރޭޓަރުތައް ގަންނަނީ 96.2 މިލިއަން ރުފިޔާއަށް ކަމަށް ދިޔަވަރު ނޫހަށް ވަނީ މުއުތަބަރުކޮށް މައުލޫމާތު ލިބިފައެވެ. އެހެންކަމުން ޖުމްލަ 63.6 މިލިއަން ރުފިޔާގެ ކަޓެއް ރިޝްވަތުގެ ގޮތުގައި ނަޖާހު މި 46 ޖަނަރޭޓަރުން ނަގައެވެ.

މި ޖަނަރޭޓަރުތައް ގަންނަނީ ފެނަކަ އެމްޑީ ރިޓަރޑް މުހައްމަދު ނަޖާހު އާއި ގާތް ގުޅުމެއް އޮންނަ ކުންފުންޏަކުންނެވެ. މި މަހު އޮކްޓޯބަރު 16 އިން 18 އަށް ނަޖާހު ވަނީ ސިންގަޕޫރަށް ދަތުރު ކޮށް މިކުންފުނީގެ ވެރިންނާއި ބައްދަލު ކޮށްފައެވެ.

ފެނަކައިން ވަނީ މި ޖެނެރޭޓަރު ތައް ގަތުމަށް ބިޑު ހުށައަޅާފައި.

މި ޖަނަރޭޓަރުތައް ގަންނަ ޗައިނާ ކުންފުންޏަށް ކިޔަނީ ހަންކުޓައިމުސް އެވެ. މިކުންފުންޏަކީ އައިޓީ ކުންފުންޏެކެވެ. މިއީ ޖަނެރޭޓަރު އުފައްދައި ނުވިތާކަން ސަޕްލައި ކުރާ ކުންފުންޏެއް ވެސް ނޫނެވެ. މިފަދަ ޕޭޕާރ ކުންފުންޏެއް ލައްވައި މިކަން ކުރަނީ އެމީހުންނަށް ބޮޑު އަގުގައި ޕްރޮޖެކްޓްދީ ކަޓު ނެގުމަށް ފަސޭހަ ވާނެތީއެވެ. އަދި މިކުންފުނީގެ ވެރިޔާއާއި، ޕްރިކިޔުމެންޓް ޝަނޫން އާއި އޮތް ގާތް ރައްޓެހި ކަމުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ލިބޭ ފައިސާ އެމީހުން ބޭނުންވާ ބޭރުގެ އަކައުންޓަކަށް ޖަމާކޮށްދޭން އެއްބަސްވެގެންނެވެ.

މި ކޮރަޕްޝަން ހިނގަމުން ދަނީ ޕްރޮކިޔުމެންޓާއި، އެމްޑީއާއި ގުޅި ލާމެހިގެންނެވެ. ޕްރޮކިޔުމެންޓުން ޝަނޫހު (ފޮޓޯގައި ކަނައަތް ފަރާތުން ފުރަތަމަ) ދަނީ މި ކުންފުންޏަށް ޕްރޮޖެކްޓް ލިބޭހެން ހުރިހާ ކަމެއް ކޮރަޕްޝަންގެ ތެރެއިން ފަހިކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ކޮރަޕްޝަން ހިނގަމުން ދަނީ، ނުވަތަ މި ކުންފުނި މެދުވެރިކޮށް މި ޖަނަރޭޓަރުތައް ގަންނަނީ ރައީސް މުއިއްޒު ކައުންސިލް އިލެކްޝަނަށް ފައިސާ ހޯދުމަށް ނަޖާހުއަށް އަންގާފައިވާތީކަމަށް ވަނީ ހާމަ ވެފައެވެ. ނަޖާހު އެފަދައިން ބުނިކަމަށް އޭނާއާއި ހަވާލާދީ ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތުން ކަށަވަރު ކޮށްދީފައި ވެއެވެ.