ޖާބިރު ކާށިދޫ ދާއިރާގެ މެމްބަރު ކަމަށް އައީ ކާށިދޫ އާއި ގާފަރާއި ދެމެދު ކޭބަލް ކާރު އަޅާނެ ކަމުގެ ހުވަފެން ދައްކައިގެންނެވެ. މަޖިލީހުގައި 5 އަހަރުގެ ދައުރެއް ނިންމާލީ އެ ވާހަކާގައި ކާށިދޫ ރައްޔިތުން ޖައްސައިގެންނެވެ.
މުއިއްޒު އައްޑޫ ހިތަދޫ ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ ސާވޭތައް ކުރުމާއި ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮފައި ދެއްކީ ކޭބަލް ކާރު ފޮޓޯއެވެ.
މުސްލިމު އަރައްބަކު މިސްރުން ގެނެސް ކުރިން ސޮއެކުރި އެއްބަސްވުމަށް އެތައް މިލިއަނެއް ޚަރަދު ކޮށްފައިވާއިރު، އެއަށްވެސް ވީ ނުވީއެއް ނޭނގެއެވެ.
އައްޑޫ މީހުން ކަށިދޫ މީހުންނަށް ވުރެ ފަސޭހައިން ހެއްދޭނެއެވެ. ކައުންސިލް އިންތިހާބަށް މުއިއްޒަށް ހުރިހާ ވޯޓެއް ދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހާއްސަކޮށް ހިތަދޫ ހުޅުމީދޫ ކޭބަލް ކާރުން ގުޅާ ލުމަކީ ކިހާބޮޑު ފަހުރެއް ތޯއެވެ؟