ޚަބަރު

އަމިއްލަ ރަށް އައްޑޫގައި ތުރުކީގެ އެއަރ ބޭސް އެއް އަޅާއިރު އަޒާން (ރޯހިތު) ގެ ހަމަ އެއްވެސް މައްސަލައެއް ނެތް

ދިޔަވަރު
އަމިއްލަ ރަށް އައްޑޫގައި ތުރުކީގެ އެއަރ ބޭސް އެއް އަޅާއިރު އަޒާން (ރޯހިތު) ގެ ހަމަ އެއްވެސް މައްސަލައެއް ނެތް

ޑްރޯން އޮޕަރޭޓް ކުރުމުގެ ނަމުގައި ތުރުކީއިން ރާއްޖެއައި ތުރުކީ ސިފައިން އެނބުރި ނުގޮސް ތިބީ ރާއްޖޭގައެވެ. އޭގެ ތެރެއިން ބަޔަކު މީހުން މާފަރުގައި ތިބި އިރު، މިހާރު އާ 3 ޑްރޯން އާއި އެއާއި ގުޅޭ ހަތިޔާރު ގެނެސް ތުރުކީ ސިފައިންގެ މަރުކަޒެއް އައްޑޫ ގަމުގައި އަޅާ އިރު އެއްވެސް ވަރަކަށް އެކަމާއި ގުޅޭ ގޮތުން ކަންބޮޑު ވުމެއް އަޒާން (ރޯހިތު) ފާޅު ކޮށްފައެއް ނުވެއެވެ.

އުތުރު ތިލަފަޅުގައި އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ، ދޮގު ހަދައިގެން ޤާނޫނާއި ޚިލާފަށް ދިވެހި ސިފައިންގެ ސަރަހައްދަކަށް ހުއްދަނެތި ވަދެ "ރޯހިތު" ހޯދަން އުޅުނު އަޒާން މިއަދު އައްޑޫ ގަމަށް ގޮސްލައި އެތާ ތިބި ތުރުކީ ސިފައިންނާއި ބައްދަލު ކޮށްލުން ކީއްތޯއެވެ؟

ހަނިމާދޫގައި އިންޑިޔާ ސިފައިން އެހެން ބަޔަކަށް އެރަށަށް ކައިރި ނުކުރެވޭ ވަރަށް ހުރި ކަމަށް ބުނެ، ދިވެއްސަކު މަރުން ސަލާމަތް ކުރުމަށް އިންޑިޔާގެ ހެލިކޮޕްޓަރެއްގެ އެހީގައި އެ އޮޕަރޭޓުކުރަން އޭރުވެސް މިހާރުވެސް ތިބި ފަރާތްތައް ކެމެރާ ކުރަމުން ދިޔަ އަޒާނު ދިޔަރެސް ނޫހުގެ ނޫސް ޓެކް އަޅައިގެން ގަމަށް ގޮސް ތުރުކީ ސިފައިން އެތާ އެ ކުރަނީ ކޮންކަމެއްތޯ ބަލާލުން ކީއްތޯއެވެ؟

މިނިވަންކަމާއި އިސްތިގްލާލު މުހިންމުވެ، ރައްޔިތުންނަށް އެ ވިއްކައިގެން މަޖިލީސް މެމްބަރު ކަމަށް އައި އަޒާނު ޤައުމަށް އެއްވެސް ވަރެއްގެ ކުލުނެއް ލޯތްބެއް ނެތްކަން އެނގެނީ އަމިއްލަ ރަށް އައްޑޫގައި ތުރުކީގެ 10 ސިފައިން ތިބި އިރު އެކަމާއި ބަހެއް ބުނެލަން ނުކެރުމެވެ.

މާފަރުގައި ތިބި ތުރުކީ ސިފައިންނާއި، އައްޑޫގައި ތިބި ތުރުކީ ސިފައިން އެއްކޮލުމުން 20 ވަރަކަށް ތުރުކީ ސިފައިން ރާއްޖޭގައި މިހާރު ތިބި ކަމަށް ބެލެވެއެވެ.