ޚަބަރު

އަރަބް ކޮންޓްރެކްޓާރސް އަށް 30 މިލިއަން، ޗައިނާ ކުންފުންޏަށް 16 މިލިއަން؛ އައްޑޫ ބްރިޖް ސާވޭ ހެދުމަށް ފޭކު ކުންފުނިތަކަށް ދޭ ފައިސާ ވަންނަނީ ދިމްޔާތަށް!

ދިޔަވަރު
އަރަބް ކޮންޓްރެކްޓާރސް އަށް 30 މިލިއަން، ޗައިނާ ކުންފުންޏަށް 16 މިލިއަން؛ އައްޑޫ ބްރިޖް ސާވޭ ހެދުމަށް ފޭކު ކުންފުނިތަކަށް ދޭ ފައިސާ ވަންނަނީ ދިމްޔާތަށް!

ހިތަދުއާއި ހުޅުމީދޫ ގުޅާލުމުގެ ނަމުގައި ސަރުކާރުން ދަނީ ފޭކު ކުންފުނިތަކަށް ސާވޭ ކުރުމުގެ ނަމުގައި އެ ޕްރޮޖެކްޓް އެވޯޑުކޮށް އެމީހުންނަށް ފައިސާ ދޫކޮށް، އެފައިސާ ދިމްޔާތަށް ނަގަމުން ކަމަށް ފިނޭންސް މިނިސްޓްރީގެ އިސް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދީފިއެވެ.

އައްޑޫ ބްރިޖަކީ ސްކޭމެކެވެ. އެއިން ހާސިލް ވަނީ ދެކަމެކެވެ. އައްޑޫ މޮޔައިންގެ ވޯޓާއި، މުއިއްޒަށް އިތުރުވާ މުއްސަނދިކަމެވެ. ވަކި ކަމެއް ނެތި މުއިއްޒު ދޮގު ހަދަމުންދާ ގޮތަށް ވަކި ކަމެއް ނެތި މުއިއްޒު ދަނީ މިހާރު ހުރިހާ ކަމަކުން ވައްކަން ކުރަމުންނެވެ. މުޅި ޤައުމު ލޫޓުވަމުންނެވެ.

އެއް ސާވޭއެއް ހެދުމަށް އަރަބް ކޮންޓްރެކްޓާރސް އަށް 30 މިލިއަން ރުފިޔާ ސަރުކާރުން ދިނުމަށް ފަހު، ހަމަ އެ ސާވޭ ހެދުމަށް 16 މިލިއަން ރުފިޔާ އެހެން ކުންފުންޏަކަށް އެވޯޑު ކުރުމުން މިކަމަކީ ސަރުކާރުގެ އެއްވެސް ވަރެއްގެ ސީރިއަސް ކަމެއް އޮތް ޕްރޮޖެކްޓެއް ނޫންކަން ސާފުވެއެވެ. 30 މިލިއަންގެ އަގު ހުރި މަސައްކަތެއް 16 މިލިއަނަށް ރުފިޔާއަށް އަމުދުން ޗައިނާއިން ނުކުރާނެއެވެ.

ޗައިނާގެ އެއްވެސް ޕްރައިވެޓް ކުންފުންޏަކުން އެ ފަރާތްތަކާއި ހަވާލު ކޮށްފައިވާ އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދެއެވެ. ރާއްޖޭގައި އިންވެސްޓް ކުރުމަށް ޗައިނާގެ ބޭންކުތަކުން ކުންފުނިތަކަށް ފައިސާ ދިނުން މިހާރު ވަނީ ހުއްޓާލާފައެވެ. އެއީ މުއިއްޒުގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުންނެވެ.

މިހިސާބުން ނިމުނީކީ ނޫނެވެ. މުއިއްޒުގެ ވެރިކަން ނިމުމުން އަރަބް ކޮންޓްރެކްޓާރސް ލައްވައި ދައުލަތާއި ދެކޮޅަށް މުއިއްޒު އިންޓަރނޭޝަނަލް އާބިޓްރޭޝަންގައި ބަދަލު ހޯދަން ދައުވާ ކުރާނެއެވެ. އެއީ އެމީހުންނާއި އެކު ސޮއެ ކޮށްފައިވާ އެއްބަސްވުން ސަރުކާރުން އުވާލުމާއި ގުޅިގެންނެވެ. އަދި އެކަމަށް މުއިއްޒު އެއްބާރުލުންދީ މުއްތަލިބުމެން ފަދަ މީހުން ލައްވައި އެ ކޮންޓްރަކެޓް އުވާލީ ގޯސް ކޮށް ކަމަށް ބައިނަލް އަގުވާމީ ކޯޓުގައި ހެކި ދޭނެއެވެ. ދައުލަތުން އެތައް މިލިއަނެއް ބަދަލުގެ ގޮތުގައި ހޯދާނެއެވެ. މިއީ ނޫމަޑީގެ މައްސަލާގައިވެސް މުއިއްޒު އަމަލުކުރި ގޮތެވެ. އަމިއްލަ އަށް ނޫމަޑި އާއި އެކު ހެދި ކޮންޓްރެކްޓް އަމިއްލަ އަށް އުވާލުމަށްފަހު، އެމީހުންނާއި އެކު ދައުލަތާއި ދެކޮޅަށް ބައިނަލްއަގްވާމީ އާބިޓްރޭޝަނަށް ގޮސް ދައުލަތާއި ދެކޮޅަށް މުއިއްޒު ހެކިބަސްދީ، އެކުންފުނިން ރިޝްވަތުގެ ގޮތުގައި އެތައް މިލިއަނެއް ނެގީއެވެ.