ޚަބަރު

ޔާމީނުގެ ސަޕޯޓަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޮއިކޯޓް ކޮށްފި

ދިޔަވަރު
ޔާމީނުގެ ސަޕޯޓަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޮއިކޯޓް ކޮށްފި

ރައީސް ޔާމީނަށް ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް، މުއިއްޒުގެ ފަރާތުން ލިބެންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުން ޔާމީނުގެ ސަޕޯޓަރުންގެ ތެރެއިން، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދަޢުވަތު ލިބުނު ބައެއް ފަރާތްތަކުން، މި ރަސްމިއްޔާތު ބޮއިކޯޓް ކޮށްފިއެވެ. މިކަން ރައީސް ޔާމީނުގެ ވަރަށް އަރިސް ފަރާތަކުން މިނޫހަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ރަސްމިއްޔާތުގައި ގޮނޑި އަތުރާފައިވަނީ، ދައުވަތު ދީފައިވާ މީހުންގެ އަދަދަށެވެ. ނަމަވެސް ގިނަ ގޮނޑިތަކެއް ހުސްކޮށް ހުރިތަން ރަސްމިއްޔާތުތެރެއިން ފެނިގެން ދެއެވެ.

23 މިލިއަން ރުފިޔާ، މިހާ މަދު ބަޔަކު ދާ ރަސްމިއްޔާތަކަށް އިސްރާފު ކޮށްފައި ވުމުން، ރައްޔިތުންގެ ނުރުހުން ވަނީ އާސަރުކާރަށް އަމާޒުވެފައެވެ. އަދި މީގެ އިތުރުން ދައުލަތުން ޚަރަދުކޮށްގެން މާލޭ އެކި ސަރަހައްދު ތަކުގައި މުއިއްޒު ހުވާ ކުރާކަން އެންގުމަށް ބެނާ ދަމާފައި ވުމުން، އެކަމަށްވެސް ފާޑުކިޔުން ސޯޝަލް މީޑިޔާގައި އަމާޒުވެފައި ވެއެވެ.

ރައީށް ޔާމީނާއި، މުއިއްޒުގެ ކޯޅުން ފެށި، އެމަނިކުފާނު މިނިވަން ކުރުމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދާނެ ކަމާއި މެދު މިހާރު ވަނީ ޝައްކު އުފެދިފައެވެ.