ޚަބަރު

ތުރުކީ ސިފައިން ރާއްޖޭގައި ތިބުމަށް މުއިއްޒު ތުރުކީއާއި އެކު ހަދާފައިވާ އެއްބަސްވުން އަޒާން (ރޯހިތު) އަތުގައި އޮވެމެ، މިކަން ދަނީ ސިއްރު ކުރަމުން 

ދިޔަވަރު
ތުރުކީ ސިފައިން ރާއްޖޭގައި ތިބުމަށް މުއިއްޒު ތުރުކީއާއި އެކު ހަދާފައިވާ އެއްބަސްވުން އަޒާން (ރޯހިތު) އަތުގައި އޮވެމެ، މިކަން ދަނީ ސިއްރު ކުރަމުން 

އަޒާން (ރޯހިތު) އަތުގައި ތުރުކީ އާއި އެކު ހަދާފައި އެއްބަސްވުންތަކުގެ ކޮޕީ އޮވެމެ އެތަކެތި ސިއްރު ކުރަމުން ދާކަން ދިޔަވަރު ނޫހަށް އެނގިއްޖެއެވެ. އަޒާން އަތުގައިވާ އެއްބަސް ވުން ތަކުގެ ތެރޭގައި:

🔹 Defence Cooperation Agreement for Military Capacity Building (2023)
🔹 Bayraktar TB2 Drone Procurement Agreement
🔹 Missile-Capable Warship Transfer Agreement

ހިމެނެއެވެ. ރާއްޖެއަށް މިހާތަނަށް ދެ ފަހަރު މަތިން ޑްރޯން އާއި އެ އޮޕަރޭޓް ކުރާނެ ތުރުކީގެ ސިފައިން ގެނެސްފައިވާ އިރު، ރާއްޖެއަށް ހަދިޔާ ކުރި 1985 ގައި އުފެއްދި ހަނގުރާމަ މަތީ ބޯޓު ބެލެހެއްޓުމުގެ ނަމުގައިވެސް ރާއްޖޭގައި ތުރުކީ ސިފައިން އެބަ ތިއްބެއެވެ.

ތުރުކީ ސިފައިން ރާއްޖޭގެ 3 ސަރަހައްދެއްގައި ތިބި އިރު، މާފަރުގައި އެމީހުންގެ އެއަރބޭސް އެއް އެބަހުއްޓެވެ. އަދި އައްޑޫ ގަމުގައިވެސް އެމީހުންގެ ބޭހެއް ދަނީ އެންމެ ފަހުން ގެނައި ޑްރޯންނާއި ހަތިޔާރާއި އެކު ތައްޔާރު ކުރަމުންނެވެ. މީގެ އިތުރުން ތުރުކީއިން ގެނައި ބޯޓުގައި ތުރުކީ ސިފައިން ތިބުމުން ރާއްޖޭގެ ތިން ސަރަހައްދެއްގައި މާދުރުގައި އޮތް ބޭރުގެ ބާރަކުން އައިސް ވެރިވެގަނެގެން އެތިބީއެވެ.

މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ނުރައްކާވެފައެވެ. މާ ދުރުގައި އޮތް ބާރަކުން އެމީހުންގެ ހަތިޔާރާއި ސިފައިން ރާއްޖޭގައި ތިބޭ ތިބުމަކީ ރާއްޖެއަކީ އެމީހުންގެ ޕްރޮކްސީ ހަނގުރާމައެއްގެ ގްރައުންޑަކަށް ހެދުމުގެ ފުރުޞަތު އޮތް ތަނަކަށް ވެގެން ދެއެވެ.

ތުރުކީގެ މިލިޓަރީ ބޭސްތައް އެފްރިކާގައި ހުރި އިރު، ރާއްޖޭގައި ގާއިމު ކުރާ އެއަރ ބޭސްތައް ވެގެން ދާނީ ތުރުކީގެ މިލިޓަރީ ބާރުވެރިކަން އޭޝިޔާ އިން އެފްރިކާއާި ހަމައަށް ގުޅުވައިދޭ މިލިޓަރީ ބާރުވެރިކަމަކަށެވެ. ރާއްޖޭގައި ތުރުކީގެ މިލިޓަރީ ގާއިމު ކުރުމާއި ގުޅޭ ގޮތުން ތުރުކީގެ މީޑިޔާތަކުގައި ވަނީ އެއީ ތުރުކީ ސަރުކާރުގެ "ބްލޫ ހޯމްލޭންޑް"ގެ ދަށުން ހިންގާ ހަރަކާތެއް ކަމަށެވެ. އެއީ އެމީހުންގެ ކަނޑުގެ މިލިޓަރީ ބާރުވެރިކަން މުޅި ދުނިޔެއަށް ފުޅާ ކުރުމަށް ހިންގާ ހަރަކާތުގެ ނަމެވެ.

ތުރުކީގެ ނޫސްވެރިކަމުގެ އިދާރާތައް ކަމުގައިވާ އަނަޑޯލު އޭޖެންސީ (އޭއޭ)، ޓީއާރްޓީ، އަދި ތުރުކީގެ ދިފާޢީ މިނިސްޓްރީ (އެމްއެސްބީ) އާއެކު، ޑިފެންސްޓަރކް، ބައިކަރ، ފަދަ ދިފާޢީ ޚަބަރު ފަތުރާ ވެބްސައިޓްތަކުން، ދިވެހިރާއްޖެއާއެކު 2023 ވަނަ އަހަރު ވެފައިވާ ދިފާޢީ އެއްބާރުލުމުގެ އެއްބަސްވުމާއި، 2024 ވަނަ އަހަރުގެ މާރިޗު މަހު 37 މިލިއަން ޑޮލަރުގެ އަގުގައި ހޯދުނު 6 ބައިރަކްޓަރ ޓީބީ2 ޑްރޯނާއި، 2025 ވަނަ އަހަރުގެ އޯގަސްޓް މަހު ހަދިޔާގެ ގޮތުގައި ލިބުނު ޓީސީޖީ ވޮލްކަން ހަނގުރާމަ އުޅަނދު (މިހާރު ސީޖީއެސް ދަރުމަވަންތަ)، އަދި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 90 މިލިއަން ޑޮލަރުގެ އަގުގައި ހޯދުނު 3 އަކިންޖި ޓިހާ (އޭކިންޖި ޓީއައިއެޗްއޭ) ޑްރޯނާއި ކޮންޓްރޯލް ސްޓޭޝަނާ ބެހޭ ޚަބަރުތައް ފަޚުރުވެރިކަމާއެކު އެޤައުމަށް ރާއްޖޭގެ މައްޗަށް ލިބުނު ކުރިއެރުމެއް ގޮތުގައި ޝާއިޢުކޮށްފައިވެއެވެ.

މި އެއްބަސްވުންތަކަކީ ތުރުކީން ގެންގުޅޭ "("ބްލޫ ހޯމްލޭންޑް" ސިޔާސަތުގެ ދަށުން ހާސިލުކުރި މުހިންމު ސްޓްރެޓީޖިކް ކާމިޔާބީއެއްގެ ގޮތުގައި އެ މީޑިއާތަކުން ސިފަކޮށްފައިވެއެވެ.