ޚަބަރު

ރުފިޔާ ޗާޕު ކުރަން މުއިއްޒު ނޫޅޭ ކަމަށް ސައީދު މަޖިލީހުގައި ބުނުމުން ސާފުވެގެން ދަނީ މިކަމުގައި ޖަލަށް ލެވޭނީ ޕެންޝަން އޮފީހުގެ މުއްއަޒަފުންނާއި، ބޯޑު މެމްބަރުންކަން!

ދިޔަވަރު
ރުފިޔާ ޗާޕު ކުރަން މުއިއްޒު ނޫޅޭ ކަމަށް ސައީދު މަޖިލީހުގައި ބުނުމުން ސާފުވެގެން ދަނީ މިކަމުގައި ޖަލަށް ލެވޭނީ ޕެންޝަން އޮފީހުގެ މުއްއަޒަފުންނާއި، ބޯޑު މެމްބަރުންކަން!

ރުފިޔާ ޗާޕު ކުރަން މުއިއްޒު ނޫޅޭ ކަމަށް ބުނެ ފިނިފެންމާ ސައީދު މަޖިލީހުގެ ތަޅުމުގައި މުތުލަގަށް ދޮގު ހަދައިފިއެވެ. ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކުން ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން އުޅޭ ވާހަކައެއް އެއްވެސް ވަރަކަށް ނުދައްކައެވެ.

އެކޮނޮމިކް މިނިސްޓަރ ސައީދު ފައިސާ ޗާޕު ކުރުމާއި ގުޅޭ ގޮތުން މަޖިލީހުގައި ދޮގު ހަދާފައިވަނީ އެމްޑީޕީ މަޖިލީސް މެމްބަރަކު "ފައިސާ ޗާޕު ކުރުމަށް މިހާރު މަނިކުފާނު އެއްކޮށް އޯކޭ ވީތޯ" ބުނެ ކުރި ސުވާލަށް ޖަވާބު ދެއްވަމުން "މި ސަރުކާރަކުން ފައިސާ ޗާޕު ނުކުރާނެ" ކަމަށް ކުރު ޖަވާބެއް ދިނުމަށް ފަހު، މައުޟޫ އޮޅުވާލައިގެން ދެއްކީ ސުވާލާއި ނުގުޅޭ އެހެން ވާހަކައެކެވެ. ޕެންޝަން އޮފީހުން ކަމެއް ކުރަން އުޅޭ ވާހަކައެއް އެނގޭ ކަމަކަށް ނެހެދިއެވެ. މިއިން ސާފުވަނީ ޤާނޫނީ ގޮޅިއަކަށް ފެތެން މި ސަރުކާރުގެ ވެރިން ބޭނުން ނުވާކަމެވެ. އަދި ބަސްމަގު އެހެރީ ޤާނޫނީ ލަފާ ހޯދައިގެން އެގޮތަށް ކަމެވެ.

ކަންތައްތައް މިދާގޮތުން ފައިސާ ޕްރިންޓް ކުރާކަން މުއިއްޒަށް އެނގޭނީ ޕެންޝަން އޮފީހުން އެ ޓްރާންސެކްޝަން ނިންމުމުން ނޫހުން ފެނިގެން ކަމަށް ބެލެވެއެވެ. އެހެންކަމުން ފައިސާ ޕްރިންޓް ކުރުމަށް އެކަމަށް ތާޢީދު ކުރި ޕެންޝަން ބޯޑުގެ 3 މެމްބަރުންނާއި، އެކަން ކުރުމަށް މަސައްކަތް ކުރަމުންދާ އެ އޮފީހުގެ ސްޓާފުން ނޫނީ މިކަމުގައި ކުށްވެރިވާނެ ބަޔަކު އެންމެ ފަހުން ތިބޭނެ ކަމަށް ނުބެލެވެއެވެ.

މިހާރު މަންޒަރު ފެންނަ ގޮތުން ޔަގީން ކުރެވޭ ކަމަކީ މުއިއްޒު އާއި ޒަމީރު ފައިސާ ޕްރިންޓުކުރުމަށް ނާންގާކަމަށް ބުނެ ކޯޓުން ސަލާމަތް ވާނެކަމެވެ. އެކަމާއި ގުޅުންހުރި ޑޮކިޔުމެންޓެއް ހުރިޔާ އެވެސް ނައްތާލާނެއެވެ. މިކަމުގައި ބެދިގެން ދާނީ އެމްއެމްއޭގެ ގަވަރުނަރު އާއި، ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންނާއި އެކަން ކުރުމަށް ތިބި އެޑްމިން ސްޓާފުންނެވެ.