ޚަބަރު

ތުރުކީ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި ޑިފެންސް މިނިސްޓަރ އާއި ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރަން ޖެހޭ 

ދިޔަވަރު
ތުރުކީ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި ޑިފެންސް މިނިސްޓަރ އާއި ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރަން ޖެހޭ 

ތުރުކީ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި ޑިފެންސް މިނިސްޓަރ އާއި ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެކެވެ. ތުރުކީ ސިފައިން ރާއްޖެ އައިސްފައިވަނީ، ދިވެހިން ޑްރޯން ދުއްވަން ތަމްރީން ކުރުމުގެ ނަމުގައެވެ. ނަމަވެސް ތަމްރީންތަކަށްފަހުވެސް، ތުރުކީ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ދިޔަވަރު ނޫހުން ވަނީ އާންމުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

މީގެ އިތުރުން ރާއްޖެއަށް ގެނައި 1985 ގައި އުފައްދައި ބާ ދަނގަޑަށް ވެފައިވާ މިލިޓަރީ ބޯޓަކީ ދިވެހިންނަށް އޭގެ މެއިންޓަނަންސް ބެލެހެއްޓޭ ވަރަށް ވުރެ މުސްކުޅޮ ބޯޓެކެވެ. އެކަމަށް ފަންނީ ތަޖުރިބާ ކާރުންނާއި، އެ ފަދަ ކުރީ ޒަމާނުގެ އިންޖީނު އެޅި އުޅަނދުގެ މަރާމާތް ދަންނަ މީހުން ބޭނުންވާ އުޅެނދެކެވެ. އެހެންކަމުން މިކަމަށް ވެސް ވަނީ ތުރުކީގެ ސިފައިން ރާއްޖޭގައި ތިބެން ޖެހިފައެވެ.

ނަމަވެސް ރާއްޖެއަށް މި ޑްރޯންތަކެއްވެސް، އަދި މި މުސްކުޅި ދަބަރަށް ވެފައިވާ ބޯޓެއްވެސް ބޭނުން ނުވެއެވެ.

ގިނަ ބަޔަކު މި ބޯޓު ސިފަ ކުރަނީ "ޓެރެޖެން ހޯރސް" އެއް ގޮތުގައެވެ. އެއީ ދާއިމަށް ތުރުކީ ސިފައިން ރާއްޖޭގައި ބޭއްވުމަށް ރާއްޖެއަށް ހަދިޔާ ކުރި ބޯޓެއް ގޮތުގައެވެ.

މި ހުރިހާ ކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތު ތަކެވެ. އިންޑިޔާ އައުޓު ޝިޔާރު ފާޅު ކޮށްގެން ދޮގު ކެމްޕެއިނެއް ކޮށްގެން ވެރިކަމަށް އައި ބަޔަކު ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ފައިސާގެ ދަހިވެތި ކަމުގައި ތުރުކީ އަށް ވިއަސް އަދި އެނޫން ގައުމަކަށްވެސް ވިއްކާލާތަން ބަލަން ރައްޔިތުން ނުތިބޭނެއެވެ. މުއިއްޒު އަޑީގައި ހުރެގެން ކުރާކަމެއް ކަމުގައި ވިއަސް، މިކަމުގެ ޒިންމާ އޮތް ޑިފެންސް މިނިސްޓަރ ގައްސާނު މައުމޫނު މަޖިލީހަށް ހާޒިރުކޮށް ތުރުކީ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އެމީހުން ރާއްޖޭގައި ތިބޭނެ ކަމަށް ލަފާ ކުރެވޭ މުއްދަތު ސާފު ކުރަން ޖެހެއެވެ. އެހެން ކަމުން މިކަން ޒިންމާދާރު އިނދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ މަޖިލީސް މެމްބަރުން ކޮށްދެއްވުމަކީ ދިވެހިރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.