ޚަބަރު

މީޑިއާ ގްރާންޓުން އަސްވާޑުގެ ޖީބަށް 5 މިލިއަން، މައްސަލަ އޭސީސީން ތަހުގީގު ކުރާން ޖެހޭ: ގްރާންޓަށް އެޕްލައި ކުރުމަށް ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރީ، ފުރަތަމަ ދިން މުއްދަތުގައި ސަންގު ޓީވީއާއި ސަންގު އޮންލައިން އަށް އެޕްލައި ނުކުރެވިގެން

ދިޔަވަރު
މީޑިއާ ގްރާންޓުން އަސްވާޑުގެ ޖީބަށް 5 މިލިއަން، މައްސަލަ އޭސީސީން ތަހުގީގު ކުރާން ޖެހޭ: ގްރާންޓަށް އެޕްލައި ކުރުމަށް ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރީ، ފުރަތަމަ ދިން މުއްދަތުގައި ސަންގު ޓީވީއާއި ސަންގު އޮންލައިން އަށް އެޕްލައި ނުކުރެވިގެން

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭ މީޑިއާތަކާއި އެ މީޑިއާތަކަށް ދޭ މިންވަރު މިއަދު އާއްމުކޮށްފިއެވެ. ދައުލަތުން މީޑިއާތަކަށް ފައިސާ ދޭނެކަމަށް ބުނެ މުއިއްޒު ވީ ވައުދު ފުއްދުމުގެ ނަމުގައި ބައެއް މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭނެ ފައިސާ ކަނޑައަޅާ ނިންމުއިރު، ބަޖެޓުން ދޫކުރާ މި ފައިސާއިން ޔޫތު މިނިސްޓަރކަމުގައި ހުންނެވި އަސްވާޑުއާއި ރައީސް އޮފީހުގެ މީޑިއާ މިނިސްޓަރު ކަމުގައި ހުންނެވި ޚަލީލު މިފައިސާގެ ތެރެއިން ބޮޑުބައެއް އަމިއްލަ ޖީބަށް ލާފައިވާކަން ހާމަ ވެއްޖެއެވެ. މިކަން ހާމަވީ، މީޑިއާތަކަށް ދޭނެ ފައިސާގެ އަދަދުތައް ހާމަކުރިއިރު އަސްވާޑު އޭނާގެ ޓީވީއާއި އަދި ހިންގާ އޮންލައިން ނޫހަށްވެސް ފައިސާ ލިބޭގޮތަށް ހަމަޖައްސާފައި އޮތްކަން ހާމަ ވުމުންނެވެ.

އަދި މިހާރު ކަށަވަރު ވެފައިވާ ގޮތުގައި މީޑިއާ ގްރާންޓަށް އެޕްލައި ކުރުމަށް ފުރަތަމަ ދިން މުއްދަތުގައި އަސްވާޑުގެ ސަންގު ޓީވީއާއި ސަންގު އޮންލައިންއަށް އެޕްލައި ކުރެވިފައެއް ނުވެއެވެ. އެގޮތުން އެޕްލައި ކުރުމުގެ މުއްދަތު އަލުން އަސްވާޑު އިތުރު ކުރީ އޭނާގެ ޓީވީއާއި އޮންލައިންއަށް އެޕްލައި ކުރުމުގެ ފުރުސަތު ހޯދާ ދިނުމުގެ ބޭނުމުގައެވެ. މީޑިއާ ގްރާންޓަށް ނޫސް މީޑިއާތަކުން އެންމެ ފުރަތަމަ އެޕްލައި ކުރުމަށް ހުޅުވާލީ ސެޕްޓެމްބަރު 27ގެ ނިޔަލަށެވެ. އެހެންނަމަވެސް އަސްވާޑުގެ ޓީވީއާއި އޮންލައިންއަށް ފުރަތަމަ ހުޅުވާލި މުއްދަތުގައި އެޕްލައި ނުކުރެވިގެން އެމުއްދަތު ދެން އިތުރު ކުރީ މި ހިނގާ އޮކްޓޯބަރު 15ގެ ނިޔަލަށެވެ. އަދި އެމުއްދަތުގައި އޭނާގެ 2 މީޑިއާއަށް އެޕްލައި ކުރެވުމާއެކު، އިތުރު އެތައް މީޑިއާއަކުން މުއަދަތު އިތުރު ކުރުމަށް އެދުނު ނަމަވެސް އޭނާ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. މިހާރު ކަށަވަރު ވެފައިވާ ގޮތުގައި އެތައް މީޑިއާއަކުން މުއްދަތު އިތުރު ކޮށްދިނުމަށް އެދެމުން ދިޔަނަމަވެސް އެފުރުސަތު އޭނާ ނުދިނީ، މީޑިއާތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ބޮޑު އަދަދެއް އޭނާގެ ޖީބަށް "ކަހާލުމުގެ" ބޭނުމުގައެވެ.

އޭގެ އިތުރުން ފައިސާ ލިބޭނެކަމަށް ނިންމާފައި އޮންލައިން ނޫސްތަކުގެ ތެރެއިން ރައީސް އޮފީހުގެ މީޑިއާ މިނިސްޓަރު ޚަލީލު ފަހަތުގަ ހުރެގެން ދައުލަތުގެ ކުންފުނިތަކުން ފައިސާ ނެގުމަށް ހިންގާ ޕްރޮކްސީ އޮންލައިންތަކަށްވެސް ވަނީ ފައިސާ ލިބޭގޮތަށް ހަމަޖައްސާފައެވެ. އެގޮތުން އަސްވާޑުގެ ޓީވީއާއި އޮންލައިން މެދުވެރިކޮށް އޭނާއަށް ލިބޭ އަދަދު 5.1 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ޚަލީލު ޕްރޮކްސީ ނޫސްތައް މެދުވެރިކޮށް އޭނާއަށް ލިބޭ އަދަދު 3 މިލިއަން ރުފިޔާއަށް އަރައެވެ.

ޖުމްލަ 18 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ލިބޭ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. މީގެތެރެއިން އެންމެ ގިނަ ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެެ. އެއާއެކު އަސްވާޑުގެ ދަށުން ހިންގާ ދެ މީޑިއާ އަށް ޖުމްލަ 5.1 މިލިއަން ރުފިޔާ ލިބެއެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މީޑިއާތަކާއި ފައިސާ ލިބޭ މިންވަރު:

- އެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ

- ސަން އޮންލައިން: 1.3 މިލިއަން ރުފިޔާ

- ވީޓީވީ: 3 މިލިއަން ރުފިޔާ

- ވީ ނިއުސް: 1.1 މިލިއަން

- ވަން އޮންލައިން: 1.3 މިލިއަން ރުފިޔާ

- ވޮއިސް: 1.3 މިލިއަން ރުފިޔާ

- ދަ ޕްރެސް: 1.3 މިލިއަން ރުފިޔާ

- ދައުރު: 1.3 މިލިއަން ރުފިޔާ

- މިހާރު އޮންލައިން 1.2 މިލިއަން ރުފިޔާ

- އެޑިޝަން: 1.1 މިލިއަން ރުފިޔާ

- އަދަދު: 1.1 މިލިއަން ރުފިޔާ

- ތީރު މީޑިއާ: 1.1 މިލިއަން ރުފިޔާ

- ދިޔަރެސް ނިއުސް: 1.1 މިލިއަން ރުފިޔާ

- ގާފު އޮންލައިން: 1 މިލިއަން

- މަލްދީފް އޮންލައިން: 899،197 ރުފިޔާ

- ތިލަދުން: 1.2 މިލިއަން ރުފިޔާ

މި ސަރުކާރުގެ އިސް މަގާމްތަކުގަ ތިބި ފަރާތްތަކުން ދަނީ، ދައުލަތުގެ މާލިއްޔަތުން ރިޝްވަތާއި ކޮރަޕްޝަންގެ މަހުގުން ދައުލަތުގެ މާލިއްޔަތު ލޫޓުވަމުންނެވެ. އެހެންނަމަވެސް މިއިން އެއްވެސް މައްސަލައެއް އޭސީސީންވެސް އަދި ޕޮލިސް ސާވިސްއިންވެސް ތަހުގީގު ކުރަމުން ނުދާކަން ފާހަގަ ކޮށްލެވެއެވެ.