ޚަބަރު

މީޑިއާތަކަށް ފައިސާ ދޭން މުއިއްޒު ވީ ވައުދު: މާލްދިފްގެ ނަމުގައި، ޓްރަވެލް އޭޖެންސީއެއްގެ ވެބްސައިޓަކާ ވައްތަރުކޮށް ވެބް ޕޭޖެއް ފަރުމާކޮށްގެން ޝަހީމް ހިންގާ، ދުވާލަކު އެއް ޚަބަރުވެސް ޝާޢިއު ނުކުރާ އޮންލައިން އިން ޝަހީމްގެ ޖީބަށް 1 މިލިއަން

ދިޔަވަރު
މީޑިއާތަކަށް ފައިސާ ދޭން މުއިއްޒު ވީ ވައުދު: މާލްދިފްގެ ނަމުގައި، ޓްރަވެލް އޭޖެންސީއެއްގެ ވެބްސައިޓަކާ ވައްތަރުކޮށް ވެބް ޕޭޖެއް ފަރުމާކޮށްގެން ޝަހީމް ހިންގާ، ދުވާލަކު އެއް ޚަބަރުވެސް ޝާޢިއު ނުކުރާ އޮންލައިން އިން ޝަހީމްގެ ޖީބަށް 1 މިލިއަން

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭ މީޑިއާތަކާއި އެ މީޑިއާތަކަށް ދޭ މިންވަރު މިއަދު އާއްމުކޮށްފިއެވެ. ދައުލަތުން މީޑިއާތަކަށް ފައިސާ ދޭނެކަމަށް ބުނެ މުއިއްޒު ވީ ވައުދު ފުއްދުމުގެ ނަމުގައި ބައެއް މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭނެ ފައިސާ ކަނޑައަޅާ ނިންމުއިރު، ބަޖެޓުން ދޫކުރާ މި ފައިސާއިން ޔޫތު މިނިސްޓަރކަމުގައި ހުންނެވި އަސްވާޑުއާއި ރައީސް އޮފީހުގެ މީޑިއާ މިނިސްޓަރު ކަމުގައި ހުންނެވި ޚަލީލު މިފައިސާގެ ތެރެއިން ބޮޑުބައެއް އަމިއްލަ ޖީބަށް ލާފައިވާކަން ހާމަ ވެފައިވާއިރު، އިސްލާމިކް މިނިސްޓަރ ޝަހީމްއާއި އޭނާގެ، ވަގަށް ރާއްޖެއަށް ވޭޕް އެތެރެކުރި ދަރި، މާލްދިފްގެ ނަމުގައި ހިންގަމުންދާ އޮންލައިންއަށްވެސް 9 ލައްކަ ފުރިޔާ ދެ ބަފައިންނަށް ދޭން ހަމަޖައްސާފައިވާކަން ހާމަ ވެއްޖެއެވެ. މިކަން ހާމަވީ، މީޑިއާތަކަށް ދޭނެ ފައިސާގެ އަދަދުތައް ހާމަކުރިއިރު، މާލްދިފް އޮންލައިންގެ ނަމުގައި، ޓްރަވެލް އޭޖެންސީއެއްގެ ވެބްސައިޓަކާ ވައްތަރުކޮށް ވެބް ޕޭޖެއް ފަރުމާކޮށްގެން ޝަހީމް ހިންގާ، ދުވާލަކު އެއް ޚަބަރުވެސް ޝާޢިއު ނުކުރާ އެ އޮންލައިން އަށް 899،197 ރުފިޔާ ދޭގޮތަށް ހަމަޖައްސާފައިވާކަން އާންމުކުރި ލިސްޓުން އެގެން އޮތުމުންނެވެ. ޝަހީމްގެ ދަރިއަކީ ރާއްޖެއަށް ވަަގަށް ވޭޕް އެތެރެ ކޮށްގެން ކަސްޓަމްސްއަށް 1 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކާން ޖެހިފައިވާ ފަރާތެކެވެ. އެނގިފައިވާ ގޮތުގައި އޭނާ އަދިވެސް އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އޭގެ އިތުރުން އަސްވާޑު އޭނާގެ ޓީވީއާއި އަދި ހިންގާ އޮންލައިން ނޫހަށްވެސް ބޮޑެތި އަދަދުތަކުން ފައިސާ ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އޭގެ އިތުރުން ފައިސާ ލިބޭނެކަމަށް ނިންމާފައި އޮންލައިން ނޫސްތަކުގެ ތެރެއިން ޚަލީލު ފަހަތުގަ ހުރެގެން ދައުލަތުގެ ކުންފުނިތަކުން ފައިސާ ނެގުމަށް ހިންގާ ޕްރޮކްސީ އޮންލައިންތަކަށްވެސް ވަނީ ފައިސާ ލިބޭގޮތަށް ހަމަޖައްސާފައެވެ. އެގޮތުން އަސްވާޑުގެ ޓީވީއާއި އޮންލައިން މެދުވެރިކޮށް އޭނާއަށް ލިބޭ އަދަދު 5.1 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ޚަލީލު ޕްރޮކްސީ ނޫސްތައް މެދުވެރިކޮށް އޭނާއަށް ލިބޭ އަދަދު 3 މިލިއަން ރުފިޔާއަށް އަރައެވެ.

ޖުމްލަ 18 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ލިބޭ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. މީގެތެރެއިން އެންމެ ގިނަ ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެެ. އެއާއެކު އަސްވާޑުގެ ދަށުން ހިންގާ ދެ މީޑިއާ އަށް ޖުމްލަ 5.1 މިލިއަން ރުފިޔާ ލިބެއެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މީޑިއާތަކާއި ފައިސާ ލިބޭ މިންވަރު:

– އެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ

– ސަން އޮންލައިން: 1.3 މިލިއަން ރުފިޔާ

– ވީޓީވީ: 3 މިލިއަން ރުފިޔާ

– ވީ ނިއުސް: 1.1 މިލިއަން

– ވަން އޮންލައިން: 1.3 މިލިއަން ރުފިޔާ

– ވޮއިސް: 1.3 މިލިއަން ރުފިޔާ

– ދަ ޕްރެސް: 1.3 މިލިއަން ރުފިޔާ

– ދައުރު: 1.3 މިލިއަން ރުފިޔާ

– މިހާރު އޮންލައިން 1.2 މިލިއަން ރުފިޔާ

– އެޑިޝަން: 1.1 މިލިއަން ރުފިޔާ

– އަދަދު: 1.1 މިލިއަން ރުފިޔާ

– ތީރު މީޑިއާ: 1.1 މިލިއަން ރުފިޔާ

– ދިޔަރެސް ނިއުސް: 1.1 މިލިއަން ރުފިޔާ

– ގާފު އޮންލައިން: 1 މިލިއަން

– މަލްދީފް އޮންލައިން: 899،197 ރުފިޔާ

– ތިލަދުން: 1.2 މިލިއަން ރުފިޔާ

މި ސަރުކާރުގެ އިސް މަގާމްތަކުގަ ތިބި ފަރާތްތަކުން ދަނީ، ދައުލަތުގެ މާލިއްޔަތުން ރިޝްވަތާއި ކޮރަޕްޝަންގެ މަހުގުން ދައުލަތުގެ މާލިއްޔަތު ލޫޓުވަމުންނެވެ. އެހެންނަމަވެސް މިއިން އެއްވެސް މައްސަލައެއް އޭސީސީންވެސް އަދި ޕޮލިސް ސާވިސްއިންވެސް ތަހުގީގު ކުރަމުން ނުދާކަން ފާހަގަ ކޮށްލެވެއެވެ.