ޚަބަރު

ބިލް ތަކަށް ފައިސާ ދައްކާ ޚަލާސް ކުރާނެކަމަށް މުއިއްޒު ވިދާޅުވި 5 ހަފްތާ ނިމިއްޖެ: ހެދީ މުޠުލަގަށް ދޮގު، އެތައް ކުންފުންޏަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ އަދިވެސް ހުރީ ކުންފުނިތަކުގަ ހިފަހައްޓާފަ

ދިޔަވަރު
ބިލް ތަކަށް ފައިސާ ދައްކާ ޚަލާސް ކުރާނެކަމަށް މުއިއްޒު ވިދާޅުވި 5 ހަފްތާ ނިމިއްޖެ: ހެދީ މުޠުލަގަށް ދޮގު، އެތައް ކުންފުންޏަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ އަދިވެސް ހުރީ ކުންފުނިތަކުގަ ހިފަހައްޓާފަ

‏ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، 2 އޮކްޓޯބަރއިން ފެށިގެން 5 ހަފްތާ ތެރޭ ދައްކާ ނިންމާނެކަމަށް ވިދާޅުވެ މުއިއްޒު މުޠުލަަގަށް ދޮގި ހަދާފައިވާކަން ހާމަ ވެއްޖެއެވެ.

ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް 5 ހަފްތ ތެރޭގައި ދައްކާ ޚަލާސްކުރާނެކަމަށް މުއިއްޒު ވިދާޅުވީ ފާއިތުވި އޮކްޓޯބަރމަހުގެ 3 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވި ބޮޑު މުޒާހިރާއާއި ދިމާކޮށެވެ. އޭގެ ކުރީ ދުވަހު މުއިއްޒު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިފައިސާ އެ ދުވަހުން ފެށިގެން 5 ހަފްތާ ތެރޭގައި ދައްކާ ޚަލާސް ކުރާނެކަމަށާއި އެއީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން ޙާސިލްކުރެވޭނެ ވަރަށް ބޮޑު ކާމިޔާބިއެއް ކަމުގައެވެ.


17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން. ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް.

އެހެންނަމަވެސް މިއަދާއި ހަމައަށް އެ މުއްދަތު ހަމަވެގެން ދިޔައިރު އެތައް ކުންފުންޏަކަށް ދައްކަން ޖެހޭ ފައިސާ އަދިވެސް ހުރީ ފެނަކައާއި އަދި އެނޫންވެސް ސަރުކާރު ކުންފުނިތަކުގައެވެ. މިއަދާއި ހަމައަށްވެސް އެފައިސާ ސަރުކާރުން ދައްކާ ޚަލާސް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި ފައިސާ ދައްކާ ޚަލާސް ކުރާނެކަމަށް މުއިއްޒުވަނީ 2 އޮކްޓޯބަރުގެ ފަހުންވެސް އެތައް ފޯރަމެއްގައި ވިދާޅުވެފައެވެ.

މީގެ ކުރިންވެސް މި ފައިސާ ދައްކާނެކަމަށް ވިދާޅުވެ މުއިއްޒު ދޮގު ހަދާފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 28 ވަނަ ދުވަހުވެސް މުއިއްޒުވަނީ އެ އަހަރުގެ ނޮވެމްބަރުމަސް ނިމުމުގެ ކުރިން އެފައިސާ ދައްކާ ޚަލާސްކުރާނެކަމަށް ވިދާޅުވެ ދޮގު ހައްދަވާފައެވެ.

ސަރުކާރުން ކުންފުނިތަކަށް ދައްކާންޖެހޭ އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ދޫނުކޮށް ހިފެހެއްޓުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ އެތައް ކުންފުންޏެއް ބިކަވެ، އިނދަ ޖެހި އެތައް އައިލާއެއް މަގުމަތި ވެފައި ވެއެވެ.

މުއިއްޒު ފާހަގަ ކުރެވިފައިވަނީ ބިރަކާ ނުލާ، އެއްވެސް ޖެހިލުމެއްލެތި ބޮޑެތި ދޮގުތައް ހައްދަވާ ރައީސެއްގެ ގޮތުގައެވެ.