ޚަބަރު

އެމެރިކާގެ ވަފްދު ރާއްޖެ އައީ ފަލަސްތީނުގެ ވާހަކަ ނުދައްކާގޮތަށް ޝަރުތުކޮށްގެން

ދިޔަވަރު
އެމެރިކާގެ ވަފްދު ރާއްޖެ އައީ ފަލަސްތީނުގެ ވާހަކަ ނުދައްކާގޮތަށް ޝަރުތުކޮށްގެން

އެމެރިކާގެއިން ރާއްޖެ އައި ވަފްދު އައީ، ފަލަސްތީނުގެ ވާހަކަ ނުދެއްކުމަށް ޝަރުތު ކޮށްގެން ކަން ދިޔަވަރު ނޫހަށް ކަށަވަރުކޮށް އެނގިއްޖެއެވެ. މި ވާހަކަތައް ކުރިއަށް ގޮސްފައި ވަނީ އީމެއިލުން ކަންވެސް ދިޔަވަރު އޮންލައިނަށް ވަނީ އެނގިފައެވެ.

އެމެރިކާއިން ރާއްޖެއައި ޒަޔަނިސްޓު ޓީމެއް ރުއްސުމަށްޓަކައި، މުއިއްޒުވަނީ ފަލަސްތީނުގެ މަރުވަމުންދާ އަޅުގަނޑުމެންގެ މުސްލިމުންގެ ވާހަކަ ނުދެއްކުމަށް އެއްބަސްވެފައެވެ. އެއްވެސް ވަރަކަށް ފަލަސްތީނުގެ ވާހަކަ ނުގެނައުމަށް އެމެރިކާއިން އަންގާފައި އޮތްކަން މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މުއިއްޒަށް އެންމެ ބޮޑު ލަދުވެތިކަމަކަށް ވެގެން ދިޔައީ، ލަންކާ ފިޔަވައި ދުނިޔޭގެ އެއްވެސް ލީޑަރެއް މުއިއްޒުގެ ދައުވަތަށް ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައި ނުގެންނެވުން ކަމަށާއި، އެހެން އެކަން އޮއްވައި އެމެރިކާއިން އެއްވެސް ބަޔަކު ނުފޮނުވައިފިނަމަ ރައްޔިތުން އިތުރަށް ފަލީހަތް ވެދާނެކަމަށް ބަލައި، އެމެރިކާއިން އެދުނުގޮތަށް ފަލަސްތީނުގެ ވާހަކަ ނުދެއްކުމަށް އެއްބަސްވެ އެމެރިކާގެ ވަފްދު ރާއްޖެ ގެންނެވީ ކަމަށް މައުލޫމާތު ލިބެއެވެ.

ދިޔަވަރު އޮންލައިނުން ވަނީ މީގެ ކުރިން، އެއްވެސް ޤައުމެއްގެ ލީޑަރެއް މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އައުމަށް ދައުވަތު ޤަބޫލު ކޮށްފައި ނުވާކަމަށް ހާމަކޮށްފައެވެ. އަދި ލަންކާގެ ރައީސް ގެނައުމަށް، އެ ގައުމުގެ އިސްވެރިންނާއި މުއިއްޒުގެ ޓީމުން، އާދޭސް ކުރި ވާހަކަވެސް ވަނީ މީގެ ކުރިން ގެނެސްފައެވެ.

އިލްމު ވެރިން ގަބޫލު ކުރާ ގޮތުގައި މުސްލިމް ޤައުމެއްގެ ވެރިންނަށް މި ހަނގުރާމައާއި ދެކޮޅަށް ބަސްބުނުމަށް މިހާރު ވާޖިބު ވާނެއެވެ.

ފަލަސްތީނުގައި މުސްލިމުން މަރަމުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ރާވައިގެންނެވެ. އާންމުންގެ އެތައް ބަޔަކު ފާއިތުވު ދޮޅުމަސްތެރޭ އިސްރާއީލުން ޝަހީދު ކޮށްލާފައިވާ އިރު. މިއަދަދު ރަޝިޔާ ޔޫކްރެއިން ހަނގުރާމާގައި ފާއިތުވި 18 އަހަރު މަރުވި މީހުންގެ އަދަދަށްވުރެ އެތައް ގުނައެއް ގިނައެވެ. 18 މަސްތެރޭ 9000 އާންމުން ރަޝިޔާ، ޔޫކްރެއިން ހަނގުރާމާގައި މަރުވެފައިވާއިރު، އިޒްރޭލުގެ ޖެނަސައިޑުގައި 12،000 މައުސޫމު ރައްޔިތުން މަރާލާފައިވަނީ އެންމެ ދޮޅުމަސް ތެރޭގައެވެ. މިއީ ދުނިޔޭގެ ހުރިހާ މުސްލިމް ލީޑަރުން އެކަމާއި ދެކޮޅަށް ބަސް ބުނަމުން، ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުން ދާ ކަމެއް ކަމުގައި ވީ ނަމަވެސް، މުއިއްޒު އެކަމެއް ނުކުރެއްވިއެވެ.