ރައީސް މުއިއްޒަށް ތާޢީދު ނެތުމުގެ ސަބަބުން 50 މިލިއަނުގެ ބޮޑު ޚަރަދެއްކޮށް މީހުން ކުއްޔަށް ނަގާ އުސޫލުން މީހުން ގެންނަމުންދާ މިރޭ ޖަލްސާގައި އެމްޑީޕީއިން ވަކިވި މަހުލޫފު މުއިއްޒު ޕާޓީއަށް ސޮއެ ކުރަން ނިންމާފައިވާ ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
މުއިއްޒަށް ތާޢީދު ނެތުމުގެ ސަބަބުން ތާޢީދު ދައްކަން އޭނާ މިބާއްވާ ޖަލްސާ ވެފައިވަނީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ގިނައަދަދެއްގެ ފައިސާ މީހުންނަށް ދީގެން މީހުން ޖަލްސާއަށް ކުއްޔަށް ގެންނަން ޖެހުނު ޖަލްސާއަކަށެވެ. މިކަމުގެ ސަބަބުން އިތުރަށް ހާމަވެގެން ދިޔައީ މުއިއްޒަށް ތާޢީދު ނެތް ކަމެވެ.
އާންމު ރައްޔިތުން ބިކަ ހާލުގައި ޖެއްސުމަށްފަހު، ރައްޔިތުންގެ ފަގީރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މީހުން ގެންނަން ބޮޑު ހަރަދެއް ކުރަން ޖެހުމަކީ މުއިއްޒަށް ރައްޔިތުންގެ ތާޢީދު ނެތްކަން ހާމަ ވެގެން ދާ ކަމެކެވެ.
ފައިސާ އަށް ކުއްޔަށް ކޮންމެ މީހަކު ބުންޏަސް މާލެއަށް، ބުނާ ތަނަކަށް މީހުން އެއްވާނެއެވެ. އެއީ މުއިއްޒަށް އެކަނި އޮތް ކަމެއް ނޫނެވެ.
މަހުލޫ އެމްޑީޕީ ދޫކޮށްފައި މުއިއްޒު ކައިރިއަށް ގޮސްފައިވަނީ އިބްރާހިމް މުހައްމަދު ސޯލިހުއަށް 2028 ހޯދައި ދިނުމަށް ހިނގަމުންދާ ބައެއް ކެމްޕެއިން ބައްދަލުވުންތަކުގައިވެސް ބައިވެރިވުމަށް ފަހުގައެވެ.
މަހުލޫފަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން ޕީއެންސީ ތެރެއިން އަމާޒުވެފައެވެ. މިގޮތުން "ޕެރަޝޫޓުގައި ކުއްލިއަކަށް ފުއްމާލި މިހަކަށް އެމްބަސަޑަރުކަން ދެނީ އޭ" ކިޔައި ވާހަކަ ދައްކައި އެކަމާއި ނުތަނަވަސްކަން ޕާޓީ ތެރޭ އޮތް ފާޅު ކުރަމުންދާ ވާހަކަ ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ލިބޭގޮތުގައި މަހުލޫފަށް ވަނީ ޖަޕާނުގެ އެމްބަސަޑަރު ކަން އަރުވާފައެވެ. އަދި މިކަމާއި ގުޅިގެން އެ އެމްބަސީއަށް ވަޒީފާ ހަމަޖެއްސި ސިޔާސީ ފަރާތެއް މަހުލޫފުގެ ދަށުން މަސައްކަތް ކުރަން ބޭނުން ނުވާކަމަށް ބުނެ އެ މަގާމަށް ދިޔުމަށް ވަނީ އުޒުރުވެރިވެފައެވެ.