ޚަބަރު

ޤާނޫނާއި ޚިލާފަށް ފައިސާ ޗާޕުކުރުމުގެ މުއާމާލާތަށް ބޭނުންވާ ލިޔުންތަކުގައި ސޮއިކުރަން ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވަން ފަށައިފި

ދިޔަވަރު
ޤާނޫނާއި ޚިލާފަށް ފައިސާ ޗާޕުކުރުމުގެ މުއާމާލާތަށް ބޭނުންވާ ލިޔުންތަކުގައި ސޮއިކުރަން ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވަން ފަށައިފި

ޤާނޫނާއި ޚިލާފަށް ފައިސާ ޗާޕުކުރުމުގެ މުއާމާލާތަށް ބޭނުންވާ ލިޔުންތަކުގައި ސޮއިކުރަން ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވަން ފަށައިފި ކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ.

އުލޫމާތު ލިބިފައިވާ އެ މުއާމަލާތާ ގުޅޭ ބައެއް ލިޔެކިޔުންތަކުގައި ސޮއިކުރުމަށް އެކި ގޮތްގޮތުން އެ އޮފީހުގެ އެންމެ އިސް މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ދަނީ ނުފޫޒު ފޯރުވަމުންނެވެ.

ސޯޝަލް މީޑިޔާގައި ވާހަކަ ދެކެވޭ ގޮތުގައި، ލިޔެކިޔުންތަކުގައި ބައެއް ފަރާތްތައް ލައްވައި ސޮއެ ކުރުމަށް މަޖުބޫރު ކުރަމުން ދަނީ ޗެއަރޕާސަން އިނާޒު އާއި ސީއީއޯ ސުޖާތާ އެވެ.

އެންމެފަހުން އައިޓި ހެޑް މަހުމޫދު ލައްވައި ސޮއެ ކުރުވަންވެސް ވަނީ މަސައްކަތް ކޮށްފައެވެ. ފައިސާ ޗާޕް ކުރުމަށް މަސައްކަތް ކުރާއިރު، މިކަމުގައި އަސްލު ޝާމިލުވާ މުއިއްޒު އާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އެއެވެސް ރަސްމީ ސިފައެއްގައި މިކަމަށް އެދި ލިޔެކިޔުންތައް ބަދަލު ކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެހެންކަމުން އެންމެ ފަހުން ގާނޫނާއި ޚިލާފަށް ފައިސާ ޗާޕު ކުރުމުގެ ބަދުނާމާއި، ޤާނޫނީ ޒިންމާ ނަގަން ޖެހޭނީ މިކަން ޕެންޝަން އޮފީހުން ކުރި ފަރާތްތަކުންނާއި، އެކަމަށް ބޭނުންވާ ލިޔެކިޔުންތަކުގައި ސޮއެކުރާ ފަރާތްތަކުން ކަމަށް ގާނޫނީ ވަކީލަކު ދިޔަވަރު ނޫހަށް ސާފު ކޮށްދިނެވެ.