ޚަބަރު

ކްރެޑިޓް ރޭޓިންގ މަތިވި ކަމަށް ބުނެ އަލީ މޫސާ ދޮގު ހެދުމުން އާންމުންގެ ފާޑު ކިޔުން އަމާޒު ވެއްޖެ

ދިޔަވަރު
ކްރެޑިޓް ރޭޓިންގ މަތިވި ކަމަށް ބުނެ އަލީ މޫސާ ދޮގު ހެދުމުން އާންމުންގެ ފާޑު ކިޔުން އަމާޒު ވެއްޖެ

ކްރެޑިޓް ރޭޓިންގ މަތިވި ކަމަށް ބުނެ އަލީ މޫސާ ދޮގު ހެދުމުން އާންމުންގެ ފާޑު ކިޔުން އޭނާ އަށް އަމާޒު ވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަމުން އަލީ މޫސާ ވަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ރާއްޖެ އޮތީ މާލީ ގޮތުން އަނދަވަޅެއްގައި ކަމަށާއި، 2023 ގައި ދިވެހި ރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ ޓްރިޕްލް ސީ ގައި ކަމަށް ބުނެ ދޮގު ހަދާފައެވެ. އަދި މިއަދުގެ ކްރެޑިޓް ރޭޓިން އަކީ ޑަބަލް ސީ. ކަމަށާއި އެހެންވީމަ ކުރިއެރުންތަކެއް ހޯދަމުން އަންނަތަން ފެންނަ ކަމަށް ބުނެ އޭނާ ދޮގު ހެދިއެވެ.

އަލީ މޫސާ ވިިދާޅުވިހެން މިހާރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ޑަބަލް ސީ ގަ އެވެ.  އެމްޑީޕީ މިދިޔަ ސަރުކާރު ނިމުނުއިރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ޓްރިޕްލް ސީ އަކު ނޫނެވެ. އެމްޑީޕީ ވެރިކަމުގައި ފިޗުން ރާއްޖޭގެ ރޭޓިން އެންމެ ފަހުން ނެރުނީ އޮކްޓޯބަރު، 2023، ގަ އެވެ. އޭރު ކްރެޑިޓް ރޭޓިން ހުރީ ބީ ނެގަޓިވް ގަ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން އާއި ބެހޭ ގޮތުން ބަޖެޓު ބަހުސްގައި ދޮގު ހެއްދެވި އަލީ މޫސާ އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވެސް ހިމެނޭ މެންބަރެކެވެ.