ރައީސް މުއިއްޒުގެ މެންދުރުގެ ފަރިއްކުޅުއްވުން، ސިއްރިއްޔާތުގައި ބައިޑެންގެ އެމެރިކާގެ ހާއްސަ ޓީމާއި އެކު، ކުޑަ އިރުކޮޅެއް ތެރޭ ފުށުމަށް ތައްޔާރުވަމުން ދާކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ. ފަރިއްކުޅުއްވުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތަކުން މައުލޫމާތު ދެއްވާ ގޮތުގައި މި ފަރީއްކުޅުއްވުމުގައި މުއިއްޒުގެ އަރިހުގައި އެމަނިކުފާނު އެންމެ އިތުބާރު ކުރައްވާ ގާތް ބޭފުޅުން ބައިވެރި ކުރައްވައެވެ. އަދި މުއިއްޒުގެ ވެރިކަމުގައި އެމެރިކާއިން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރަން ބޭނުންވާ ގޮތާއި މެދު މި ފަރިއްކުޅުއްވުމުގައި މަޝްވަރާ ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.
ބައިޑެންގެ ހާއްސަ ޓީމާއި އެކު، މެންދުރުގެ ފަރިއްކުޅުވުން މިއަދު ބާއްވަވާއިރު، މީނޫހުން ވަނީ އެމެރިކާގެ ވަފްދު ރާއްޖެ އައީ ފަލަސްތީނުގެ ވާހަކަ ހުވާކުރުމުގެ ރަސްމިއްޔާތުގައި ނުދެއްކުމަށް ޝަރުތުކޮށްގެން ހާމަ ކޮށްފައެވެ. އަދި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ރާވައިގެން ހިންގާ ގަތުލުއާންމަކީ އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެން މަދެއިރުމަތީގައި ހިންގާ އެމެރިކާގެ ހަނގުރާމަ އެއް ކަމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ދެކެއެވެ. އަދި ހަމަލާތައް ހުއްޓާލުމަށް ޔޫއެންގައި ހުށައެޅި ހުރިހާ އެއްބަސްވުމެއް ވީޑޯ ކޮށްފައިވަނީ އެމެރިކާއިންނެވެ.