ޚަބަރު

މުލިއާގޭ ވެހިކަލް ގަރާޖުގައި ޒުވާނުންނަށް ކަރޯކޭ ބޭއްވޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ދިޔަވަރު
މުލިއާގޭ ވެހިކަލް ގަރާޖުގައި ޒުވާނުންނަށް ކަރޯކޭ ބޭއްވޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ލިލީމަގުގައި ހުންނަ، މުލިއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތާއި ގޯތިގައި މިހާރު ޒުވާނުންނަށް ހަދިޔާކޮށްފައިވާ ކަމަށާއި އެ ތަނުގައި ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކަން ދަނީ އެކަމަށް ތަރައްޤި ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ތަން މި ހަފްތާގެ ތެރޭގައި ހުޅުވާނެ ކަމަށް ރޭ ސޯޝަލް ސެންޓަރުގައި ހުންނަވައި މުއިއްޒު ވިދާޅުވި އެވެ.

"ޒުވާނުންގެ މަރުކަޒު އެ ތަނުގައި ވަރަށް އަވަހަށް ހުޅުވޭނެ، މި ހަފްތާގެ ތެރޭގައި ހުޅުވޭނެ. އެ ތާ ހުންނާނެ ޒުވާނުންނަށް ބޭނުންތެރި އެކި ކަހަލަ ހުނަރުތައް ދަސްކޮށްދެވޭނެ ގޮތްތަކާއި، ކައުންސިލިން އާއި، މުނިފޫހިފިލުވާލާނެ ކަރޯކޭ އާއި ޒުމްބާ ކަހަލަ ކަންކަން ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އެ ތަނުގައި ކަންކަން ކުރަން ވާނީ އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެ ތަނުގައި ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކި ކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖު ޕްރޮގްރާމްތަކާއި، ވާޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.