ޚަބަރު

ރާއްޖޭގައި ފިރިހެނުން ބިރަކާނުލާ އަންހެން ހެދުން ލައިގެން އާންމު އެއްވުންތަކަށް ދިއުން ހުއްދަވެގެން ދިޔައިރުވެސް, މުއިއްޒުއަށް ތާއީދުކުރާ ދީނީ އިލްމުވެރިން ތިބީ ހަނު!

ދިޔަވަރު
ރާއްޖޭގައި ފިރިހެނުން ބިރަކާނުލާ އަންހެން ހެދުން ލައިގެން އާންމު އެއްވުންތަކަށް ދިއުން ހުއްދަވެގެން ދިޔައިރުވެސް, މުއިއްޒުއަށް ތާއީދުކުރާ ދީނީ އިލްމުވެރިން ތިބީ ހަނު!

ގައުމިއްޔަތުގެ ނަމުގައި މުއިއްޒު ރާއްޖެއަށް އާންމު ކުރަމުންދާ ލާދީނީ ސިޔާސަތުތަކުގެ ތެރެއިން ފިރިހެނުން އަންހެން ހެދުން އަޅައިގެން އާންމު އެއްވުންތަކަށް ދިއުން ރާއްޖޭގައި ހުއްދަ ކޮށް، ފިރިހެނުން ބިރަކާ ނުލާ އަންހެން ހެދުންލައިގެން އުޅޭ ތަން ލައިވްކޮށް މީޑިއާތަކުގައި ދައްކަމުން ދިޔަ ނަމަވެސް، ރާއްޖޭގައި ދީނީކަންކަމަށް ވަކާލާތުކުރާ ސަލަފްގެ ދީނީ އިލްމުވެރިންނާއި މުއިއްޒުއަށް ތާއީދުކުރާ ދީނީ އިލްމުވެރިން ހަނު ތިބެއްޖެއެވެ.

ކްރިއޭޓިވް ނެޓްވޯކްގެ އަލަތު ފިލްމު، "ލިލީ" ގެ ޕްރިމިއަރ ނައިޓް ރޭގައި އޮލިމްޕަހުގައި ކުރިއަށްގެންގޮސްފައިވާއިރު ޕްރިމިއަރ ނައިޓްއަށް ދިޔަ ފިރިހެން ފިލްތީ ތަރިން ވަނީ އަންހެން ހެދުމުގައި ރަތް ކާޕެޓްގައި އެ ފިލްމު ބެލުމަށް އޮލިމްޕަހަށް ގޮސްފައެވެ.

ފިރިހެން ފިލްމީ ތަރިއަކު ލައިގެން މި ހެދުމަކީ އަންހެނުންނަށް ޚާއްސަ ކުރުތާ ޕަޖާމާ ޒާތުގެ ހެދުމެކެވެ. ބައެއް ޤައުމުތަކުގައި ކުރުތާ ޕަޖާމާގެ މިފަދަ ހެދުންތަކާއެކު ސާޅި އަޅައިގެން އާންމުކޮށް އަންހެނުން މިޒާތިގެ ހެދުން ލައިގެން އުޅެއެވެ. އެހެންނަމަވެސް މިޒާތުގެ ހެދުމަކީ ދިވެހި އަންނުންނާވެސް ބީރައްޓެހި ހެދުމެކެވެ.

ފިރިހެނުން ސާޅި އެޅި ނަމަވެސް ދިވެހި މުޖުތަމަޢަށް މި ހެދުން ނުފެތެނީ ކަމަށް މި ހެދުމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި އާންމުވަމުންދާ މިފަދަ ލާދީނީ އެތައްކަމެއް ފާހަގަވެގެން ދިޔަނަމަވެސް، ދީނީ ޢިލްމުވެރިން މިކަންކަމަށް މިއަދު ބަސް ބުނަމުން ނުދެއެވެ. އަދި އާންމުކޮށް ދީން ފެތުރުމުގެ ނަމުގައި ދީނީ ދަރުންތައް ބައްވާ، ކުރީގެ ވެރިކަންތަކުގައި ދީނާ ޚިލާފް ކަންކަމަށް ފާޑު ކިޔަމުންދާ ސަލަފް ޖައާޢަތުންވެސް މުއިއްޒުގެ ވެރިކަމުގައި ފުރުސަތު ދެމުންދާ މިފަދަ ލާދީނީ ކަންކަމަށް ބަސް ބުނަމުން ނުދާ ތާނގައި އެ ޖަމާއަތް މިވެރިކަން ފެށުނުފަހުން އޮތީ ހަނުއެވެ. އަދި މިފަދަ ލާދީނީ ކަންކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީވެސް އޮތީ ހަނުކަން ފާހަގަ ކޮށްލެވެއެވެ.

ފިރިހެނުން އަންހެންދުން އަޅުމާއި ޖިންސު ބަދަލު ކުރުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.