ޚަބަރު

މުއިއްޒުގެ ވެރިކަމުގައިވެސް ހުރިހާ ޕްރޮޖެކްޓެއް ކޮރަޕްޓް އާރުސީސީއަށް، ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައިވެސް ހުރިހާ ޕްރޮޖެކްޓެއް ކޮރަޕްޓް އާރުސީސީއަށް، ދެކޮޅުން ކާން އާދަމް އާޒިމަށް ފުރުސަތު ދޭން ޖެހޭތަ؟

ދިޔަވަރު
މުއިއްޒުގެ ވެރިކަމުގައިވެސް ހުރިހާ ޕްރޮޖެކްޓެއް ކޮރަޕްޓް އާރުސީސީއަށް، ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައިވެސް ހުރިހާ ޕްރޮޖެކްޓެއް ކޮރަޕްޓް އާރުސީސީއަށް، ދެކޮޅުން ކާން އާދަމް އާޒިމަށް ފުރުސަތު ދޭން ޖެހޭތަ؟

ކުރިޔަށް އޮތް މާލޭ ސިޓީގެ މޭޔަރުކަމުގެ އިންތިޚާބުގައި ވާދަކުރުމަށް މާލޭ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް މިހާރުވަނީ ކެމްޕޭން ފަށާފައެވެ. އަދި އޭނާވަނީ މޭޔަރުކަމުގެ އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރުމަށް އެމްޑީޕީގެ ޕްރިމައރީ ކެމްޕޭންވެސް ލޯންޗުކޮށްފައެވެ. އެހެންނަމަވެސް އާދަމް އާޒިމްގެ މޭޔަރުކަމުގައި މާލޭގެ ހާލަތަށް އެއްވެސް ކުރިއެރުމެއް ނުވަތަ ރަގަޅު ބަދަލެއް އައިސްފައި ނުވާއިރު، އާދަމް އާޒިމްއަކީ އޭނާގެ ފަސްބައި ރިޝްވަތާއި ކޮރަޕްޝަންގެ ހުތުރު އަމަލުތަކުން ކިލަނބުވެފައިވާ މީހެއްކަންވެސް މިފުރުސަތުގައި ހަނދާން ކޮށްލާން ޖެހެއެވެ.

އާދޭހެވެ. އާދަމް އާޒިމްގެ އާއިލީ ކުންފުނި ކަމަށްވާ އާރުސީސީއަކީ މުއިއްޒުގެ މިވެރިކަމުގައި ކޮރަޕްޝަންގެ ޖަރީމާ ހިންގާ ދިނުމުގައި މުއިއްޒުއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުއިއްޒުވަނީ އެކުންފުންޏަށް 600 މިލިއަނަށްވުރެ އަގުހުރި ޕްރޮޖެޖްޓްތައް ހަވާލު ކޮށްފައެވެ. އަދި އެއީވެސް ސަރުކާރުން ސޯވެރިން ގެރެންޓީ ދީގެން ބޭންކު އޮފް މޯލްޑިވްސްއިން އެކުންފުންޏަށް ލޯނު ދީގެންނެވެ. 55 ކައުންސިލް އިމާރާތްތައް އެޅުމުގެ ނަމުގައި އާދަމް އާޒިމްގެ އާއިލީ ކުންފުންޏަށް ދިން ޕްރޮޖެކްޓްތަކުގެ އަގަކީ 600 މިލިއަން ރުފިޔާ ކަމަށް ވިނަމަވެސް މި ޕްރޮކްޓްތަކުގެ އަސްލު އަގު 10000 މިލިއަން (1 ބިލިއަން) ދިވެހި ރުފިޔާއަށް އަރާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މިއީ މިފައިސާގެ ތެރެއިން ބައެއް މުއިއްޒުގެ ޖީބަށް ދާގޮތަށް ހަދާފައިވާ ޑީލެކެވެ. އަދި މި ޑީލްތަކުގެ ނަތީޖާއެއްގެ ގޮތުން، މުއިއްޒު ދަނީ މާލޭ ސިޓީ ކައުންސިލްގައި މުއިއްޒު ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބެލުނަ ނުދީ މުއިއްޒުއަށް ހިމާޔަތް ދެމުންނެވެ.

ނަޖީތާއަކީ ކޮބައިތޯއެވެ. ހަމަ އެއާއެކު އާދަމް އާޒިމްގެ އާއިލީ ކުންފުނި އާރުސީސީން މުއިއްޒުއާއި ބައިއަތުހިފާ ހިންގާފައި ކޮރަޕްޝަންގެ ބޮޑު ޖަރީމާ ކަމަށްވާ، 55 ކައުންސިލް އިމާރާތް އެޅުމަށް ދީފައިވާ ޕްރޮޖެކްޓުން އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ފަރާތަކީވެސް އާދަމް އާޒިމްއެވެ. މި ބޮޑު ޖަރީމާގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ އާދަމް އާޒިމްއެވެ. އެގޮތުން އޭނާ މިހާރު ފަށާފައިވާ މާލޭގެ މޭޔަރުކަމުގެ ކެމްޕޭނަށް އޭނާ ޚަރަދު ކުރަމުންދަނީ މުއިއްޒުއާއި ބައިއަތު ހިފައިގެން ހިންގާފައިވާ މި ކޮރަޕްޝަންގެ ޖަރީމާއިން ލިބެމުންދާ މަންފާއިނކަން މިފުރުސަތުގައި ހަނދާން ކުރާން ޖެހެއެވެ.

މުއިއްޒުއާއި ބައިއަތު ހިފައިގެން އާދަމް އާޒިމްގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާފައިވާ ކޮރަޕްޝަންގެ މި ބޮޑު ޖަރީމާގެ ތަފްސީލު:

އާންމުކޮށް އިއުލާން ނުކޮށް، ކައުންސިލް އިންތިޚާބާ ދިމާކޮށް، މުއިއްޒު ކާނަލް ނާޒިމްއަށް ދިން ކައުންސިލް ޕްރޮޖެކްޓްގެ އަސްލު އަގަކީ އަގަކީ 1.1 ބިލިއަން ރުފިޔާކަން ހާމަވެފައިވާއިރު، މި ބޮޑު ކޮރަޕްޝަންގެ އެންމެ ބޮޑު އެއް ބައިވެރިއެއްގެ ގޮތުގައި، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މޭޔަރު ކަމުގައި ހުރި އާދަމް އާޒިމް ހުރިކަމީ މިއަދު އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ކަމެކެވެ. އަދި މިއީ، ފެށުނީއްސުރެ މިއަދާއި ހަމއަށްވެސް ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ އެމްޑީޕީއަށް އޮތް ބޮޑު ލަދެއްގެ ގޮތުގައިވެސް ވަނީ ވެގެން ގޮސްފައެވެ.

ބޭންކު އޮފް މޯލްޑިވްސްއިން ލޯނު ދިނުމަށްފަހު، އެފައިސާއިން ޚަރަދު ކޮށްގެން، ކޮންޓްރެކްޓަރ ފައިނޭސްގެ ނަމުގައި ކާނަލް ނާޒިމް އަޅަމުންދާ ކައުންސިލް އިމާރާތްތައް އިމާރާތް ކުރަމުން ދަނީ ނާޒިމްއާއި އާދަމް އާޒިމްގެ ބައްޕައާއި، ބަންޑާރަ ނައިބުގެ މަގާމުގައި ހިންނެވި އުޝާމްގެ ބައްޕަގެ ނަމުގައި ހަދާފައި އޮންނަ އާރުސީސީންނެވެ. މި ޕްރޮޖެކްޓުގައި ސޮއިކޮށްފައިވަނީ އުޝާމްގެ ބައްޕައެވެ. އެއީ އާދަމް އާޒިމްގެ ބޮޑު ބޭބެއެވެ. މިމަޝްރޫޢުގެ މުގުލުގައި ކާނަލް ނާޒިމް ހުރިއިރު، މިމަޝްރޫއިން އާރުސީސީއަށް ލިބޭ ބޮޑު ފައިދާގެ ބައި އެޅިގެންދާ އެއް ފަރާތަށް ވެގެން ގޮސްފައިވަނީ އާދަމް އާޒިމްއެވެ. އޭނާއަށް ލިބޭ ކޮރަޕްޝަންގެ މި ފައިސާއިން ޚަރަދު ކޮށްގެން އެމްޑީޕީގެ މޭޔަރުކަމުގެ ޓިކެޓް ކަށަވަރު ކުރުމަށް މިހާރު އޭނާ ދަނީ ޚަރަދު ކުރަމުންނެވެ. އަދި މޭޔަރުކަމުގެ ޓިކެޓް ލިބިއްޖެނަމަ މޭޔަރުކަމުގެ ކެމްޕޭނަށްވެސް އޭނާ ޚަރަދު ކުރާނީ މުއިއްޒުއާއި ބައިއަތު ހިފައިގެން އޭނާއާއި އޭނާގެ އާއިލާއިން ހިންގާ މި ބޮޑު ކޮރަޕްޝަންގެ މުއާމަލާތުގެ ފައިސާއިންނެވެ. މިއީ އެއްވެސް އިރަކުން އެމްޑީޕީގެ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ކޮރަޕްޝަނާއި ފަސާދައަކީ އެމްޑީޕީގެ ސިޔާސަތަކަށް ނުވާއިރު، މުއިއްޒު ހިންގަމުންދާ ކޮރަޕްޝަން އެމްޑީޕީގެ ތެރެއަށް މޫލުމަކީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ރުހި ގަބޫލުވެގެން ހުންނާނޭކަމެއް ނޫންކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

600 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ގޮތުގައި އިއުލާންކޮށް، އެހެންނަމަވެސް 1 ބިލިއަން ރުފިޔާގެ ބޮޑު އަގެއްގައި 55 ކައުންސިލެއް އަޅަން ނާޒިމްއާއި ހަވާލުކުރި މިމަޝްރޫޢުގެ މާރކެޓް ރޭޓަަށް ބަލާނަމަ އަރާނީ އެންމެ 200 ވަރަކަށް މިލިއަން ރުރިޔާކަމަށް އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކައުންސިލް އިންތިޚާބާ ދިމާކޮށް މުއިއްޒު ބޭނުންވާ އަދަދަށް ފައިސާ ރެއިޒް ކުރުމަށް ނާޒިމްއަށް މަޝްރޫއު އިއުލާން ކުރުމަކާ ނުލާ ހަވާލުކޮށްފައިވާއިރު، މަޝްރޫޢު ސައްޙަ ކުރުމަށް ގާނޫނީ ލަފާ ދީފައިވަނީ ނާޒިމްއަށް ބޮޑު ބޭބެކިޔާ އުޝާމްއެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތަށް ނުހަނު ބޮޑުވެގެންދާނެ މިމަޝްރޫޢު ނާޒިމްއަށް އެވާޑް ކުރުމުގައި މަސްލަހަތުގެ ފުށުއެރުން އިންތިހާއަށް އޮތްކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

ނާޒިމްގެ އާރުސީސީއަށް 1.1 ބިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ކައުންސިލް އިންތިޚާބާ ދިމާކޮށް ދީފައިވާއިރު، ނާޒިމް މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ބީއެލްއިންވަނީ ލޯންވެސް ހަމަޖައްސާ ދީފައެވެ. އެއީ ސަރުކާރުން ބީއެމްއެލްއަށް ސޮވެރިން ގެރެންޓީ ދީގެންނެވެ.

މިހާރު ހާމަވެފައިވާ ގޮތުގައި ރަށު ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން އާންމުކޮށް އިއުލާނު ނުކޮށް، އާރުސީސީއާ ހަވާލުކުރަން ފާސްކުރީ އިކޮނޮމިކް ކައުންސިލުންނެވެ. އިކޮނޮމިކް ކައުންސިލުން ނާޒިމްއަށް މި ޕްރޮޖެކްޓް އެވާޑްކުރަން ފާސްކޮށްފައިވަނީ ސީދާ މުއިއްޒުގެ އެންގުމަށް ކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރުމަށްފަހު އެ އެއްބަސްވުން ބާތިލުކޮށް، އާރުސީސީ އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ ފާއިތުވި އޮގަސްޓުމަހުގެ 16 ވަނަ ދުވަހުއެވެ.

އާރުސީސީ އަކީ ނާޒިމްގެ ބައްޕަ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ބައްޕަގެ ކުންފުންޏެވެ. މަޝްރޫޢުގައި އާރުސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވެސް އުޝާމްގެ ބައްޕައެވެ.

މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުން ބާތިލުކުރުމަށްފަހު، އިއުލާނު ނުކޮށް އާރުސީސީއާއި ހަވާލުކުރީ ކީއްވެތޯ ސުވާލުކުރުމުން، އެކަން އެގޮތަށް ކުރީ އިކޮނޮމިކް ކައުންސިލުން ކަން ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފު ވަނީ މީޑިއާތަކަށް ޔަގީން ކޮށްދެއްވާފައެވެ. މި މަޝްރޫއު އާރުސީސީއަށް ދިނީ ކުރިން ހެދި އެއްބަސްވުމަށްވުރެ އަގު ބޮޑުކޮށެވެ. މަޝްރޫއުގެ ދަށުން ތިން ގިންތިއެއްގެ ކައުންސިލް އިމާރާތް ހިމެނެ އެވެ. އެއްބަސްވުމުގެ ދަށުން ހުރިހާ އިމާރާތެއް ވެސް ސަރުކާރާ ހަވާލުކުރަން ޖެހެނީ ތަނުގެ ފިނިޝިން އާއި ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް ވެސް ފުރިހަމަކުރުމަށް ފަހުއެވެ.

މިސަރުކާރުގަވެސް ހުރިހާ ފައިދާއެއް އާދަމް އާޒިމްއަށް، ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައިވެސް ހުރިހާ ފައިދާއެއް އާދަމް އާޒިމްއަށް:

މުއިއްޒުއާއި ގުޅިގެން އާރުސީސީން ހިންގާމުންދާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކުގެ އެންމެ ބޮޑު ހުއްސާދާރަކީ އާދަމް އާޒިމްކަން އެމްޑީޕީގެ މެމްބަރުން މިއަދު ހަނދާން ބަހައްޓަން ޖެހެއެވެ. އެހެންނަމަވެސް، މި ބޮޑު ކޮރަޕްޝަންގައި، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މޭޔަރުކަމުގައި ހުރެ، އާދަމް އާޒިމް ފުރިހަމަޔަށް ޝާމިލްވެ، މުއިއްޒުއާއެކީ ޑީލްހަދާ، ދައުލަތް ލޫޓުވުމަށް އާޒިމް ހިންގަމުންދާ މި ޖަރީމާގެ ނަތީޖާއެއްގެ ގޮތުން ކޮރަޕްޝަނާއި ފަސާދައިގެ ލަގަބު އެމްޑީޕީގެ ބޮލުގައި އެޅިގެންދާނެތީ މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އަދި ކޮރަޕްޝަންގެ ފައިސާއިން ޚަރަދު ކޮށްގެން މޭޔަރުކަމުގެ އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކީ ވަކީން ބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މިއީ ދުވަހަކުވެސް އެމްޑީޕީގެ މެމްބަރުން ރުހި ގަބޫލުވާނެ ކަމެއް ނޫނެވެ.

އާދޭޖެވެ! މި ސަރުކާރުގެ ކޮރަޕްޝަންގެ ފައިސާއިން ފައިސާ ހޯދައިގެން އާދަމް އާޒިމް ތައްޔާރު ވަމުން ދަނީ ދެކޮޅުން ކާށެވެ. ރައީސް ސާލިހުއަށް އިޚްލާސްތެރި ވާނެކަމަށް ދައްކައިގެން އާދަމް އާޒިމް ތައްޔާރު ވަމުންދަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް ޖަަހައިގަތުމަށެވެ. ވެރިކަން އޭނާގެ އާއިލާގެ އަތްމައްޗަށް ކަހާލުމަށެވެ. ކޮރަޕްޓް އާރުސީސީން ފަންޑު ކޮށްގެންނެވެ. މިފުރުސަތު އާދަމް އާޒިމްއަށް ދީފިނަމަ އެއީ އެމްޑީޕީގެ އުވި ދިއުން ކަމުގައި ވެގެންދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.