ޚަބަރު

އިރު އޮއްސުނު ފަހުން ސަރުކާރު މީޑިޔާތަކެއް ފުށިދިއްގަރުފަޅަށް ގެންގޮސްފި

ދިޔަވަރު
އިރު އޮއްސުނު ފަހުން ސަރުކާރު މީޑިޔާތަކެއް ފުށިދިއްގަރުފަޅަށް ގެންގޮސްފި

ވަކި މީޑިއާތަކެއް ގޮވައިގެން ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކާ މަންޒަރު ވީޑިއޯ ކުރުމަށާ ފޮޓޯ ނެގުމަށް އިރު އޮއްސި އަނދިރިވި ފަހުން ދިޔަ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ސަރުކާރުން ކަންކަން އިންތިޒާމު ކުރުމުގައި ހުރި ދޯދިޔާ ކަން ހާމަކޮށް، ނޫސްވެރިންނަށް އަލިކަމެއް ނެތް ހިއްކި ބިމަކަށް އިރު އޮއްސުމުން ގެންގޮސްގެން ނެގޭނީ ކޮން ފޮޓޯއެއްތޯ އޭނާ ސުވާލު ކުރިއެވެ.

އަދި ވަކި ނޫސްތަކަކަށް އެގޮތަށް ދައުވަތް ދިނުމަކީ ޚުދު ދައުވަތް ލިބުނު ނޫސްވެރިންވެސް ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށާއި، ސަރުކާރުން އެދެވޭ މަސައްކަތް ތަކެއް ފުށި ދިއްގަރު ފަޅުގައި ކޮށްފައިވާ ކަމަށް ލަފާ ކުރެވޭނަމަ، އެކަން ކުރަން ވާނީ އެންމެންނަށް ދައުވަތް ދީގެން ކަމަށް ދިޔަވަރަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރެއެވެ.