ޤައުމިއްޔަތާއި ދިވެހި ބަހުގެ މިނިސްޓަރަ (ކަލްޗަރ މިނިސްޓަރ) ކަމަށް ހަމަޖައްސަވާފައިވާ އާދަމް ނަސީރު އިބްރާހިމް އަކީ، މައުހަދުގައި ތައުލީމު ހާސިލު ކުރަމުންދާ އެތައް އަންހެން ދަރިވަރުންތަކެއްގެ އިއްފަތްތެރިކަމަށް އަރާގަނެފައިވާ މީހެއްކަން ދިޔަވަރު ނޫހަށް އެނގިޖެއެވެ. މީނާ ވަނީ ގިނަ އަދަދެއްގެ ދަރިވަރުންތަކަކާއި އެކި ފަހަރު މަތިން، ދައްކަން ނުޖެހޭ ވާހަކަ ތައް ދައްކައި، މަޤާމުގެ ބޭނުން ނާޖާއިޒު ކޮށް ހިފައި، މައުހަދުގެ އެތައް އަންހެން ދަރިވަރުންތަކެއްގެ އިއްފަތްތެރިކަން ނަގާފައެވެ.
މީނާ ހިންގާފައިވާ މިފަދަ ބައެއް އަމަލުތައް ރިޕޯޓްކޮށްފައި ވީނަމަވެސް، މީނާގެ ބާރުގެ ބޭނުންކޮށްގެން މިކަންތައްތައް ހިންދާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކުރިއަށް އޮތްތާގައި މީނާގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ފަރާތްތަކުގެ އިންޓަވިއުތަކާއި އިތުރު މައުލޫމާތު ގެނެސް ދިނުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ.
ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤައުމިއްޔަތުގެ ނަމުގައި މުޅި ޤައުމު އިތުރަށް ބައިބައި ކޮށްލުމަށެވެ. މިކަމުގައި ތަޤްރީރުތައް ތައްޔާރުކުރުމަށް މުއިއްޒު އާދަމް ނަސީރު ބޭނުން ކުރަން ހަމަޖެހިވެއެވެ،
މުއިއްޒުގެ ކެބިނެޓުގައި ތިބި ބައެއް ފަރާތްތަކަކީ ޔާމީނުގެ ދައުރުގައި، ޔާމީނުގެ އަނިޔާވެރިކަން ދެމެހެއްޓި ފަރާތްތަކެވެ. މިގޮތުން ޔާމީނުގެ ދައުރުގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިނިސްޓްރީ ތަކުގައި މަސައްކަތް ކުރި ބައެއް ފަރާތްތަކަށް މިނިސްޓްރުކަން ދީފައިވެއެވެ. މި މީހުންނަކީ، އޭރުގައި މިނިސްޓްރީ ތަކުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ ހިންގުމުގައި އެންމެ އިސްކޮށް ތިބި ފަރާތްތަކެވެ.