ޚަބަރު

ކޯޓު އަމުރެއް ނެތި، އަނިޔާވެރިކޮށް މަސްވެރިން ހިފައި ހައްޔަރުކޮށް ޖަލަށް ލަމުން ދަނީ ސީދާ މުއިއްޒުގެ އަމުރަށް އައްޕަތުރޭ!

ދިޔަވަރު
ކޯޓު އަމުރެއް ނެތި، އަނިޔާވެރިކޮށް މަސްވެރިން ހިފައި ހައްޔަރުކޮށް ޖަލަށް ލަމުން ދަނީ ސީދާ މުއިއްޒުގެ އަމުރަށް އައްޕަތުރޭ!

ކޯޓު އަމުރެއް ނެތި، އަނިޔާވެރިކޮށް މަސްވެރިން ހިފައި ހައްޔަރުކޮށް ޖަލަށް ލަމުން ދަނީ ސީދާ މުއިއްޒުގެ އަމުރަށް އައްޕަތުރޭ އަންގައިގެން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މަސް އޮޑި ފަހަރު ތަކަށް ކޯޓު އަމުރެއް ނެތި ފުލުހުން އެރުމަކީ ފުލުހުން ލައްވައި މުއިއްޒު އާއި އައްޕަތުރޭ ހިންގާފައިވާ ޤާނޫނީ ކުށެކެވެ.

މަސްވެރިންނާއި، ބޮޑު ކަންނެލީގެ މަސްވެރިންގެ ޖަމިއްޔާގެ ރައީސް އާއި ނާއިބްރައީސް މުއިއްޒު ހައްޔަރު ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށެވެ.

މަސްވެރިންނާއި މެދު މިއަދު އަމަލު ކޮށްލި ގޮތުން، މުއުއްޒު މަސްވެރިންނަށް އެއްވެސް ވަރެއްގެ ރަހުމެއް ނެތް މީހެއްކަން އެނގިގެން ދިޔައެވެ. ނިކަމެތިންނަށް މިވަރަށް އަނިޔާ ކޮށްލަން ކެރުނު އެއްވެސް ވެރިއަކު މިހާތަނަށް ރާއްޖޭގެ ތާރީޚު ދެކިފައި ނުވެއެވެ.