ކޮރަޕްޝަން ރިޕޯޓް ކޮށްގެން ސްޓެލްކޯއިން މުއައްޒަފު ވަޒީފާއިން ވަކި ކުރީ ރައީސް މުއިއްޒު އަންގައިގެން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ރޭގެ ހުޅުމާލެ ފޭސް 1 ގައި އޮތް ޖަލްސާގައި އެމީހާ ވާހަކަ ދައްކަމުން އޭރުގެ ސްޓެލްކޯގެ އެމްޑީއަކަށް ހުރި ހުސައިން ފަހުމީ އާއި ގުޅޭ ކޮރަޕްޝަނުގެ ޝަކުވާތަކެއް ރައީސް އޮފީހާ ހިއްސާކުރުމުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައިވާ ވާހަކަ އޭނާ ހާމަކުރިއެވެ.
ރައީސް މުއިއްޒުގެ ފަރާތުން ކޮރަޕްޝަން ހިންގައި ކުންފުނިތަކުގެ އެމްޑީއިން އަތުން ފައިސާ ނަގައި އަދި ޕްރޮޖެކްޓްތަކުން ފައިސާ ނަގައި އެފައިސާ މުއިއްޒު އާއި ހަވާލު ކުރަނީ ހެރިންސް އައްލޯއެވެ.
ހެރިންސް އައްލޮ އަށް މައުލޫމާތު ލިބުމުން، އެކަން ރައީސް މުއިއްޒު އާއި ހިއްސާކޮށް މުއިއްޒުގެ އިރުޝާދުގެ ދަށުން ހެރިންސް އައްލޮ ވަނީ ފަހުމީ އަށް ގުޅައި އޭނާ ވަޒީފާއިން ވަކި ކުރުމަށް އަންގާފައި ކަމަށް ހެރިންސް އައްލޮ އާއި ވަރަށް އަރިސް ފަރާތަކުން ދިޔަވަރު ނޫހަށް ވަނީ ޔަގީން ކޮން އެކަން ކިޔާ ދީފައެވެ.