އައްޑޫގައި ސެޓްލައިޓެއް ލޯންޗް ކުރުމުގެ ނަމުގައި އަނެއްކާވެސް ފައިސާ ތަކެއް ސަރުކާރުން އިސްރާފު ކުރަމުން ދާކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މިކަމާއި ގުޅޭ ސާމާނު ގެންނަމުން ދަނީ އެމްއެންޑީއެފްގެ ނަމުގައި ޑިޔުޓީ ނުނަގާ ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުން މިކަން ކުރަމުން ގެންދަނީ ބޭރުގެ ކުންފުންޏަކާއި ގުޅިގެންނެވެ. މިކަމުގައި އުޅެމުން ދަނީ ޑިފެންސް މިނިސްޓަރ އާއި ރައީސް ޔާމީނުގެ ދައުރުގައި ހުންނެވި މަޖިލީސް މެމްބަރެއްގެ ދަރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުގެ ފައިސާއާއި، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ޤައުމަށް އެއްވެސް ފައިދާއެއް ނެތް ކަންކަމަށް ސަރުކާރުން ޚަރަދު ކުރަމުންދާއިރު މިވަގުތު ރާއްޖެއަށް ބޭނުންވާ ބޭހާއި، އާސަންދަ އެދެވޭ ގޮތަކަށް ނުލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖައްވުގެ ތެރެއަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ އެންމެ ސެޓްލައިޓެކެވެ. މިއީ އެއްވެސް މާނަވީ ކަމެއް އެއިން ގައުމަށް ހާސިލް ކުރެވޭނެ ކަމެއް ނޫނެވެ.