ޚަބަރު

އިންޑިޔާ އައުޓު ގޮވުމަށްފަހު ވެރިކަމަށް އައިސް މުއިއްޒަށް ފަހު މަޖިލީސް ރައީސް އަބްދުއްރަހީމް ވެސް އިންޑިޔާއަށް

ދިޔަވަރު
އިންޑިޔާ އައުޓު ގޮވުމަށްފަހު ވެރިކަމަށް އައިސް މުއިއްޒަށް ފަހު މަޖިލީސް ރައީސް އަބްދުއްރަހީމް ވެސް އިންޑިޔާއަށް

އިންޑިޔާ އައުޓު ގޮވުމަށްފަހު ވެރިކަމަށް އައިސް މުއިއްޒަށް ފަހު މަޖިލީސް ރައީސް އަބްދުއްރަހީމް ވެސް އިންޑިޔާއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އިންޑިޔާގައި 5 ދުވަސް ހޭދަ ކުރެއްވިއެވެ.

ރަސްމީކޮށް އެނގެން އޮތް ގޮތުގައި އަބްދުއްރަހީމް ވަޑައިގެންނެވީ ކޮމަންވެލްތުގެ ގައުމުތަކުގެ މަޖިލިސް ރައީސުން ބައިވެރިވެވަޑައިގަންނަވާ 28 ވަނަ ކޮންފަރެންސަށެވެ.

މިއީ އަބްދުއްރަހީމް އިންޑިޔާއަށް ވަޑައިގެންނެވި 2 ވަނަ ދަތުރެވެ. މި ދަތުތުފުޅުގައި އަބްދުއްރަހީމް ވަނީ ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް އަބްދުއްރަހީމް މަޝްވަރާކުރެއްވި އެވެ.

ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ވަނީ އިންޑިއާ ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި މުވައްޒަފުން ތަމްރީން ކުރުމުގައި ލޮކްސަބާގެ ޕާލިމެންޓްރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރު ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފަ އެވެ.

އިންޑިޔާއަށް ތައުރޫފި ކުރައްވައި މި ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަފުޅު ދެއްކެވި އިރު މީގެ 3 އަހަރު ކުރިން އިންޑިޔާއާއި އެއްމެ ދެކޮޅުވެރި ފަރާތަކީ އޭރުގެ ޕީޕީއެމްގެ އިސްވެރިންނެވެ.