ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުންގެ އެނިވާސަރީ ފާހަގަ ކުރުމަށްޓަކައި، އައްޑޫއަށް ގެނެސްފައިވާ ޑްރޯން އިން މިސައިލެއް ލޯންޗު ކުރުމަށް ނިންމައިފި

ދިޔަވަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުންގެ އެނިވާސަރީ ފާހަގަ ކުރުމަށްޓަކައި، އައްޑޫއަށް ގެނެސްފައިވާ ޑްރޯން އިން މިސައިލެއް ލޯންޗު ކުރުމަށް ނިންމައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުންގެ އެނަވާސަރީ ފާހަގަ ކުރުމަށްޓަކައި، އައްޑޫއަށް ގެނެސްފައިވާ ޑްރޯން އިން މިސައިލް ލޯންޗު ކުރުމަށް ނިންމައިފި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ސަރުކާރުން ވަނީ އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށް ތުރުކީ އިން އައްޑޫއަށް ޑްރޯން ތަކެއް ގެނެސްފައެވެ. އަދި މި ޑްރޯން ތަކާއި އެކު މިސައިލްތަކެއްވެސް އައްޑޫއަށް ގެނައި ޝިޕްމެންޓުގައި ގެނެސްފައި ވެއެވެ. ނަމަވެސް މާފަރުގައި ވާ ޑްރޯން ތަކުގައި މިފަދަ މިސައިލް ތަކެއް ނެތެވެ.

މި މިސައިލްތައް ލޯންޗް ކުރަނީ ޓެސްޓް ކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް މިކަން ކުރުމަށް ހަމަ ޖެހިފައިވާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުންގެ ކާވެނީގެ އެނިވާސަރީގައިކަމަށް މައުލޫމާތު ލިބެއެވެ. އަދި ރައީސްގެ ދެކަބަލުން ޑްރޯން އިން މިސައިލް ލޯންޗް ކުރާތަން ބައްލަވާލެއްވުމަށް ބޯޓުކޮޅުގައި އެ ސަރަހައްދަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއަކީ އެއްވެސް ބަޔަކާއި ހަނގުރާމަ ކުރެވޭ ވަރުގެ ގާބިލު ކަމެއް އެފަދަ އާބާދީއެއް އޮތް ބައެއް ނޫނެވެ. ދެވަނަ ބޮޑު ހަނގުރާމާގައިވެސް ގައުމު ހިފާނެ ބަޔަކުވެސް ނުވެގެން އެދިގެން އިނގިރޭސިންގެ ހިމާޔަތަށް ރާއްޖެ ދިޔައިރު އެހެން ޤައުމުތަކުން ދިޔައީ އިނގިރޭސީންނާއި ދެކޮޅަށް އެގައުމުތަކަށް މިނިވަންކަން ހޯދުމަށް ހަނގުރާމަ ކުރަމުންނެވެ.

ރައީސް މުއިއްޒު ޑްރޯން އާއި މިސައިލު ގަތް އިރު މިވަގުތު ރާއްޖެއަށް ބޭހާއި އާސަންދަ އެކަށީގެންވާ ގޮތެއްގައި ނުލިބެއެވެ. އަދި މުދަލުގެ އަގު ވަނީ އެތައް ގުނައަކުން ބޮޑުވެ، ޑޮލަރުގެ ރޭޓު ސީދާ ރައީސް މުއިއްޒުގެ ސަބަބުން ވަނީ 20.30ރ އަށް މިހާރު އަރާފައެވެ. ރައީސް މުއިއްޒުގެ ދެކަބަލުން ދަނީ ޑޮލަރު ކަޅު ބާޒާރުގައި އާންމުރައްޔިތުންނަށް ވިއްކަމުންނެވެ.