ޚަބަރު

މުއިއްޒުގެ ވެރިކަމުގަ އަބުދުއްރަހީމްގެ ހިއްސާއަކީ ކިހާވަރެއްކަން އެނގޭތަ؟

ދިޔަވަރު
މުއިއްޒުގެ ވެރިކަމުގަ އަބުދުއްރަހީމްގެ ހިއްސާއަކީ ކިހާވަރެއްކަން އެނގޭތަ؟

ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ޕީއެންސީގެ ޗެއަރމަން އަބުދުއްރަހީމް އައްޔަން ކުރައްވާފައެވެ. އެއީ ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބާރުގަދަ އަދި ރައީސާއި އެންމެ ގާތް މަގާމްވެސް މެއެވެ.

އެހެންނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި އަބުއްދުރައްހީމް އެމަނިކުފާނުގެ އެންމެ އަރިސް މަގާމަށް އައްޔަން ކުރެވިގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި އަބުދުއްރަހީމްގެ ހިއްސާއަކީ ހަމައެކަނި އެޑްވައިޒަރެއްގެ މަގާމް ނޫންކަން ގިނަ ބަޔަކު ދަންނަނީ އަބުދުއްރަހީމްގެ ދަރިފުޅު ޓުއަރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެވިގެން ދިޔަ ހިސާބުންނެވެ.

ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތަކުން "ދިޔަވަރަށް" މައުލޫމާތު ދިން ގޮތުގައި އަބުދުއްރަހީމް ބޭނުންވާ މަގާމެއް އަބުދުއްރަހީމަށް ދިނުމަށް މުއިއްޒު އޮތީ ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރުމުގެ ތެރެއިން ވައުދުވެފައެވެ. އެގޮތުގެ މަތިން, ރައީސް މުއިއްޒުގެ ވެރިކަމުގައި, އެންމެ ގިނައި ޖީބަށް ފައިސާ ލެވޭނެ އެއް ވުޒާރާއަކީ ޓުއަރިޒަމް މިނިސްޓްރީކަމަށް ދެކި, އަބުދުއްރަހީމްގެ ދަރިފުޅަށް ޓުއަރިޒަމް މިނިސްޓްރީ ކަށަވަރު ކޮށްގެން ހުރި ނަމަވެސް އަބުދުއްރަހީމް ހިތް އެވަރުންވެސް ފުރުނު ކަމަކަށް ނުބެެލެވެއެވެ.

މިގޮތުން ތިރީގައި މިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އަބުދުއްރަހީމަށް ދިނުމަށް މިހާރު ހަމަޖެހިފައިވާ މަގާމްތަކާއި އަދި އަބުދުއްރަހީމްގެ "ލޯޔަލިސްޓުން" އައްޔަން ކުރެވިފައިވާ މަގާމްތަކެވެ.

  1. ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓު (މިނިސްޓަރުން ފެންވަރުގަ) - އަބުދުއްރަހީމް
  2. ޓުއަރިޒަމް މިނިސްޓަރ - ފައިސަލް - އަބުދުއްރަހީމްގެ ދަރިފުޅު
  3. ރައީސް އޮފީހުގެ މިނިސްޓަރ - އަބުދުއްރަހީމްގެ ދަނބި ދަރިފުޅު
  4. މިނިސްޓަރ އޮފް ސްޓޭޓް - ޒުހުރުބާން - އަބުދުއްރަހީމްގެ ފަހަރި
  5. ޑެޕިއުޓީ އެމްބެސެޑަރ, މެލޭޝިއާ އެމްބަސީ - އަބުދުއްރަހީމްގެ ދަނބި ދަރުފުޅު
  6. ސްޓޭޓް މިނިސްޓަރ, އިކޮނޮމިކް މިނިސްޓްރީ - އަބުދުއްރަހީމްގެ އަންހެން ދަރިފުޅު
  7. ފަސްޓް ސެކެޓްރީ, މެލޭޝިއާ އެމްބަސީ - އަބުދުއްރަހީމްގެ އަންހެން ދަރިފުޅުގެ "ބޯއި ފްރެންޑް"
  8. މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު, އެމްބީސީ - އަބުދުއްރަހީމްގެ ދަނބި ދަރުފުޅުގެ ބޭބެގެ އަންހެނުން
  9. ފިނޭންސް މިނިސްޓަރ - އަބުދުއްރަހީމްގެ ރަށު ބޭފުޅެއް. އޭނާއަކީ އަބުދުއްރަހީމްގެ ތިމާގެ ކުއްޖަކު އިންނަން އުޅޭ ކުއްޖެއްގެ ބޭބެ
  10. އެސްއޯއީތަކުގެ ޑީއެމްޑީންގެ މަގާމްތައް - ގިނަ މަގާމްތަކަށް އަބުދުއްރަހީމް ބޭނުންވާ ބަޔަކު ލާގޮތަށް ވަނީ ހަމަޖެހިފަ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިހާތަނަށް މީޑިއާތަކަށް އެނގިފައިވާ, ރައީސް މުއިއްޒުގެ ސަރުކާރުގައި ސީދާ އަބުދުއްރަހީމް ބޭނުންވެގެން ދީފައިހުރި މަގާމް ތަކެވެ. އެހެންނަމަވެސް މީގެ އިތުރުންވެސް އިތުރު ގިނަ މަގާމްތަކަށް އަބުދުއްރަހީމް ބޭނުންވާ ގިނަބަޔަކު އަދިވެސް އައްޔަން ކުރެވިގެންދާނެ ކަމަށް ވަނީ ކަށަވަރުވެފައެވެ.

އެމައުލުމާތު ލިބުނުހާ އަވަހަކަށް ހިއްސާ ކުރެވޭނެއެވެ.