ރާއްޖޭގެ އާ ސަރުކާރު އުފެދުމާއެކު އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ގާތުން މަސައްކަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަމީރަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ލިއުއްވި ލިއުއްވުމެއްގައި ޖައިޝަންކަރު ވިދާޅުވީ ގާތުން މަސައްކަތް ކުރެއްވަން އުއްމީދުކުރައްވާ ކަމަށެވެ. ޖައިޝަންކަރުގެ އެ ލިއުއްވުމަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ދެ ގައުމުގެ މަސްލަހަތު އޮތް ކަންކަމާއި ކަންބޮޑުވުން ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވަން ހުންނެވި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އާ އެކުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއަރުވާނީ ވިސްނަން ޖެހޭ ކަންކަމާ ވިސްނައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު ދެގައުމުގެ ރައްޔިތުންގެ ލާބައަށް ކަމަށެވެ.