ޚަބަރު

ބޭރުގެ ސިފައިން ރާއްޖެއިން ބާލަން އައި މުއިއްޒުގެ ފެންވަރު: ތުރުކީ ސިފައިން އަދިވެސް ރާއްޖެއިން ނުފާބައި އައްޑޫގައި

ދިޔަވަރު
ބޭރުގެ ސިފައިން ރާއްޖެއިން ބާލަން އައި މުއިއްޒުގެ ފެންވަރު: ތުރުކީ ސިފައިން އަދިވެސް ރާއްޖެއިން ނުފާބައި އައްޑޫގައި

މުއިއްޒު ވެރިކަމަށް އައީ ބޭރުގެ ސިފައިން ރާއްޖެއަށް ބާލާނެ ކަމަށް ބުނެ ވައުދުވެގެންނެވެ. ނަމަވެސް ކުރިހާވެސް ކަމަކީ އިތުރު ޤައުމެއްގެ ސިފައިން ރާއްޖެއަށް ގެނައުމެވެ.

ރާއްޖޭގައި އޮޕަރޭޓް ކުރަމުން އައި ޑޯނިޔާ އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިޔާ ސިފައިން ތިއްބެވެ. އެކަން ކުރަން ކުލަ ހެދުމުގައި މިހާރުވެސް ހަމަ އެ ސިފައިން އެބަ ތިއްބެއެވެ. އަވަށްޓެރި ޤައުމަކާއި އެކު އޮންނަ އެފަދަ ގުޅުމަކީ އެއީ މައްސަލައެއް ނޫނެވެ. އެގޮތަކަށް އެ ސިފައިން ރާއްޖެ ގެނައީ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު އާއި ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީންއެވެ. ފާއިތުވި އެމްޑީޕީ ސަރުކާރުން ރާއްޖެއަށް ބޭރުގެ ސިފައިން ގެނެސްފައެއް ނުވެއެވެ. މިއީ މިކަމުގެ ކިތާބީ ހެކި އޮތް ގޮތެވެ.

ނަމަވެސް މިކަން އޮޅުވާލައި ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ ދޮގު ހަދައިގެން ރައީސް މުއިއްޒު ހިންގެ ކެމްޕެއިނުން ވެރިކަމަށް އައިސް، ކުރި ކަމަކީ ތުރުކީއިން ރިޝްވަތުގެ ފައިސާ ނަގައި މާ ދުރު ޤައުމެއްގެ ސިފައިން ރާއްޖެ ގެނައުމެވެ. ގައްދާރު ވުމަކީ މިއީއެވެ. ހާއިނުންނަކީ މިއީއެވެ. ނަމަވެސް ޕީއެންސީ ފިކުރުގެ މީހުންނަށް މިފަދަ ހުރިހާ ދެއްފުށް ދެގޮތްކަމެއް ހަމަ އެންމެ ރަނގަޅެވެ.

ޕީއެންސީ ފިކުރުގެ މީހުންނަކީ ޤައުމުދެކެ ލޯބިވާ ބައެއް ބާވައެވެ؟ އެމީހުންނަށް ފައިސާ ފޮއްޗަކާއި ވަޒީފާ އަކުން ފުދެއެވެ.

ރާއްޖެއަށް ބޭނުން ނުވާ ޑްރޯންތަކެއް ރާއްޖެ ގެނެސް، އެއިން އައްޑޫއަށް ގެނައި ޑްރޯން އޮޕަރޭޓް ކުރުމަށާއި، އައްޑޫއަށް ބާ ދަނގަޑަށް ވެ ނުދުއްވޭ ކަނޑު ބޮޓެއް ގެނެސް އެ ބެލެހެއްޓުމުގެ ނަމުގައި ތުރުކީ ސިފައިން ރާއްޖެ ބަހައްޓައިގެން މުއިއްޒު އެ ހެރީއެވެ.

ދިވެހިންގެ ތެރެއިން މިކަމަށް ފާޑު ކިޔާ މީހުން، އެއީ މުސްލިމުންނޭ މައްސަލައެއް ނެތޭ ބުނެއެވެ. ނަމަވެސް ތުރުކީގައި އުޅެނީ ހަމަ އެކަނި އިސްލާމުންނެއް ނޫނެވެ. ތުރުކީގެ މިލިޓާރީގައި އުޅެނީ ހަމަ އެކަނި އިސްލާމުންނެއް ނޫނެވެ. ޕީއެންސީ ފިކުރުގެ މި މީހުންނަށް ދީނާއި، މިނިވަން މުސްތަގިއްލު ދައުލަތާއި މިއީ ދެއެއްޗެއް ކަމެއް ސާފުވާހެނެއް ހިޔެއް ނުވެއެވެ.