ޚަބަރު

މުއިއްޒު އެދިވަޑައިގެން މުލިއާގެ ހައިބަތު އިތުރު ކުރުމަށް 16 މިލިއަން ޚަރަދު ކުރަނީ

ދިޔަވަރު
މުއިއްޒު އެދިވަޑައިގެން މުލިއާގެ ހައިބަތު އިތުރު ކުރުމަށް 16 މިލިއަން ޚަރަދު ކުރަނީ

ރައީސް ސޯލިހް އާއި، އެމަނިކުފާނުގެ އާއިލާ ފާއިތުވި ފަސް އަހަރު ދިރިއުޅުއްވި، މުލިއާގޭގެ ހައިބަތު އިތުރުކުރުމަށް މަރާމާތުތަކެއްގެ މަސައްކަތް ފައްޓަވައިފިއެވެ. މި ގޮތުން ކުރާ މަސައްކަތުގައި މުލިއާގޭގައި އިތުރު ދެ ކޮޓަރި އިމާރާތް ކުރުން ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް މުއިއްޒު މިިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އެ މަނިކުފާނުގެ އަމިއްލަ ގެ މ. ދިމްޔާތުގަ އެވެ. އަދި މި މަސައްކަތް ޑިސެމްބަރު މަހު ނިންމައި، މުލިއާގެއަށް ބަދަލުވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު މައުލޫމާތު ދެއްވިއެވެ.

މުއިއްޒުގެ ދެމަފިރިންނާއި 3 ދަރިން ތިބޭ އިރު، ރައީސް ސޯލިހްގެ 2 ދަރިން ތިއްބަވައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލީއާގެ ދޫކުރައްވާ ބަދަލުވެވަޑައިގެންނެވީ މި މަހުގެ 10 ގަ އެވެ. އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގަ އެވެ.