އެތައް މިލިއަން ޑޮލަރެއް ޚަރަދު ކުރުމަށް ފަހު 2 ފަހަރު މަތިން ރައީސް މުއިއްޒު މިހާތަނަށް ވަނީ ރާއްޖެއަށް ޑްރޯން އެތެރެ ކޮށްފައެވެ. މި ޑްރޯން ތަކާއި އެކު ތުރުކީގެ ސިފައިން ރާއްޖެ އައިސްފައިވާއިރު ރައްޔިތުންނަށް ރައީސް މުއިއްޒު ހާމަ ކޮށްދެމުން ދިޔައީ މިއީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ގެނެސްފައިވާ ޑްރޯން ތަކެއް ކަމަށެވެ.
ރާއްޖެއަކީ މި ސަރަހައްދަށް މަސްތުވާތަކެތި އެތެރެކުރުމުގައި ހަބެއް ގޮތުގައި ބޭނުން ކުރާ ސަރަހައްދެކެވެ. ރާއްޖޭގެ ސަރަހައްދުގައި ޑްރަގު ބެހެއްޓުމާއި، އަދި ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ޑްރަގް ސަޕްލައި ކުރާކަން މީގެ ކުރިން ރާއްޖޭގެ މީޑިޔާތަކުން ރިޕޯޓް ކޮށްފައިވާ ޚަބަރު ތަކުން ސާފުވެއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް ވެސް ޑްރަގް އިތުރުވެއެވެ. ރައީސް މުއިއްޒު ޑްރޯން ބޮޑު އަގުގައި ބައްލަވައިގަތުމަށްފަހު، ރާއްޖޭގެ ސަރަހައްދު ރައްކާތެރި ކުރެވޭނެ ކަމުގެ ވައުދު ވެވަޑައިގަތެވެ. ނަމަވެސް އެއީވެސް ހެދި ދޮގެކެވެ.
ރާއްޖެއަށް ވަންނަ ޑްރަގެއްވެސް މަދެއް ނުވެއެވެ. އަދި ރާއްޖެ މެދުވެރިކޮށް ބޭރަށް ދާ ޑްރަގެއްވެސް މަދެއް ނުވެއެވެ.