ހުވާކުރުމުގެ ރަސްމިއްޔާތަށާއި، އެކަމާއި ގުޅިގެން ކުރިއަށް ގެންދިޔަ ޚަރަކާތްތަކަށް މުޅިއަކު 100 މިލިއަން މުއިއްޒު ޚަރަދުވި ކުރައްވައިފިކަމަށް ދިޔަވަރު އޮންލައިނަށް މަޢުލޫމާތު ލިބެއެވެ.
މިގޮތުން ހުވާކުރުމުގެ ރަސްމިއްޔާތަށް އެކަނި 23 މިލިއަން ޚަރަދު ކުރިއިރު، ހަވާ އެރުވުމަށް 6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން 49 ގައުމަކުން ރާއްޖެ ވަޑައިގެންނެވި އިއްޒަތްތެރިންގެ ރިސޯޓު ހުރުމާއި، ކެއުމާއި ބުއިމަށް ބޮޑު ހަރަދެއް ކޮށްފައިވާއިރު، ރޭގައި ރިޔާސަތާއި ހަވާލުވުމަށް ފަހު ރިސޯޓުގައި އޮތް އުފާ ފާޅުކުރުމުގެ ހަފްލާއަށްވެސް ޚަރަދު ތަކެއް ގޮސްފައިވާ ކަމަށާއި، މުޅިއަކު، 100 މިލިއަން މިކަމަށް ޚަރަދު ކުރެވުނު ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މީގެ އިތުރުން މުއިއްޒު ވަނީ މި ހަފްލާއަށް ވަޑައިގެންނެވި ފަރާތްތަކަށް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހަދިޔާ ކޮތަޅުތަކެއް ވެސް ހަވާލުކޮށްފައެވެ.
މިއީ ރާއްޖެއަށް މިހާތަނަށް އައި އެއްވެސް ރައީސަކު، ކޮށްފައި ނުވާވަރުގެ ބޭކާރު ޚަރަދެއް ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ދަނީ ނުރުހުން ފާޅު ކުރަމުން ދެއެވެ.
ހުވާކުރުމާއި ގުޅިގެން ހިންގެވި ހަރަކާތްތަކަށް 100 މިލިއަން ޚަރަދު ކުރި އިރު، ރާއްޖޭގެ ބަޖެޓުގެ ދަތިކަމަށް އަލި އަޅުވާލައި ދެއްކެވި ވާހަކާގައި އިގްތިޞާދީ ހާލަތު ދަށް ކަމަށް ވެސް މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގައި ދިން ތަގުރީރުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން ގެންދެވި އިރު، އެ ހަފްލާއަށް 23 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. މުއިއްޒުގެ އަމަލާއި ބަހާއި ދިމާނުވެ، ވެރިކަމުގެ ޚަރަދުތައް އިންތިހާއަށް ބޮޑު ވެގެން ދާނެކަމަށް ބެލެވެއެވެ.