ޚަބަރު

އިންޑިޔާ ސިފައިން ރާއްޖެއިން ދިޔުމަށް ރަސްމީކޮށް އެދުނުކަމަށް ބުނެ، ރައީސް އޮފީސް ވެބްސައިޓްގައި ދޮގު ހަދައިފި

ދިޔަވަރު
އިންޑިޔާ ސިފައިން ރާއްޖެއިން ދިޔުމަށް ރަސްމީކޮށް އެދުނުކަމަށް ބުނެ، ރައީސް އޮފީސް ވެބްސައިޓްގައި ދޮގު ހަދައިފި

އިންޑިޔާ ސިފައިން ރާއްޖެއިން ދިޔުމަށް ރަސްމީކޮށް އެދުނުކަމަށް ބުނެ، ރައީސް އޮފީސް ވެބްސައިޓްގައި ދޮގު ހަދައިފިއެވެ. ރައީސް އޮފީސް ވެބްސައިޓްގައި ދާދި ދެންމެ އަކު ލިޔުނު ޚަބަރު ގައި ވަނީ ތިރީގައި މިވާ ގޮތަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

https://presidency.gov.mv/Press/Article/29064

ރާއްޖޭގައި އޮތް ހަފްލާއަކަށް ދައުވަތަކަށް އައިސް ހުންނަ ފަރާތެއް ކައިރީ އިންޑިޔާ ސިފައިން މިތަނުން ގެންދާށޭ ބުނުމަކީ އޮފީޝަލް ނުވަތަ ރަސްމީ ސިފައެއްގައި އެކަން އެންގުމެއް ނޫނެވެ. އެއިން އެނގެނީ މެހެމާން ދާރީ އަދާކުރަން މުއިއްޒު ނުދަންނަ ކަމާއި، ހުރި ނާތަހުޒީބު ކަމާއި، ޖާހިލު ކަމެވެ. އަދި ޑިޕްލޮމެޓިކް އެއްވެސް ތަޢުލީމެއް މީހާގެ ކިބާގައި ނެތްކަމެވެ.

މުއިއްޒު މަސައްކަތް ކުރައްވަނީ އެކި ގޮތްގޮތަށް އިންޑިޔާއާއި ގުޅޭ ކަންކަން ރައްޔިތުންނަށް އޮޅުވާލައި، އެއްވެސް ކަމަކާއި ނުލާ އިންޑިޔާ ފަލީހަތް ކުރުމަށެވެ. ރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރާއި އެ ދުއްވާ ފަރާތްތައް ގެނައި މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއަށް ފަހު ގެނައި މަތިންދާ ބޯޓާއި، ހެލިކޮޕްޓަރު ގެނައި ޕީޕީއެމް ސަރުކާރުގައި މުއިއްޒު އިންނެވި ކެބިނެޓަކުން ފާސްކޮށްގެންނެވެ.