ޚަބަރު

މުއިއްޒު ސަރުކާރުގެ ފުރަތަމަ ދުވަހުވެސް އިންޑިޔާ ސިފައިންގެ އެހީތެރިކަން ހޯދައިފި!

ދިޔަވަރު
މުއިއްޒު ސަރުކާރުގެ ފުރަތަމަ ދުވަހުވެސް އިންޑިޔާ ސިފައިންގެ އެހީތެރިކަން ހޯދައިފި!

މުއިއްޒު ސަރުކާރުގެ ފުރަތަމަ ދުވަހުވެސް އިންޑިޔާ ސިފައިންގެ އެހީތެރިކަން އެމަޖެންސީގައި ހޯދައި ބަލިހާލު ދެރަ 36 އަހަރުގެ އަންހެނަކު، ސަލާމަތުން މާލެ ގެނެސްފިއެވެ.

ތ. އަތޮޅުން އެމަޖެންސީގައި ގެނައި މި ބަލިމީހާ ގެނެސްފައިވަނީ އިންޑިޔާގެ ޑޮނިޔާ މަތިން ދާ ބޯޓުގައި އިންޑިޔާ ސިފައިންނެވެ. މި އެހީތެރިކަން އިންޑިޔާ ސިފައިންނާއި އެމްއެންޑީއެފް އިން ފޯރުކޮށްދީފައިވަނީ މިއަދު 17:05 ގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މީގެ ކޮންމެ އޮޕަރޭޝަނެއްގައި އިންޑިޔާ ސިފައިންގެ 11 ނުވަތަ 12 ފަރާތެއް ހަރަކާތްތެރިވެއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިންގެ 74 މީހުން ތިބި އިރު މީގެ ތެރެއިން 22 މީހަކު ފިޔަވައި އެންމެން ގެނެސްފައިވަނީ ޕީޕީއެމްގެ ސަރުކާރުން އެދިގެން ޕީޕީއެމް ސަރުކާރުން ގެނައި ހެލިކޮޕްޓަރަކާއި، ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށެވެ. ފުރަތަމަ ގެނައި 22 މީހުން ގެނެސްފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ އެދުމުގެ މަތިން 2010 ވަނަ އަހަރު ގެނައި ހެލިކޮޕްޓަރާއި އެކުއެވެ.

މި ފާއިތުވި 13 އަހަރު ރާއްޖޭގައި ހިންގާފައިވާ މެޑިކަލް އިވެކުއޭޝަން ތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިޔާގެ ސިފައިންގެ އެހީތެރިކަމާއި އެކު އެވެ. އަދި މިކަމުން ދިވެހި އެތައް ބައެއްގެ ފުރާނަ އެމަޖެންސީގައި ސަލާމަތް ކުރުމަށް ޔާމީނު އެދިގެން ގެނައި ޑޯނިޔާ އާއި އިންޑިޔާ ސިފައިން އެހީވެދީފައިވެއެވެ.