ޚަބަރު

މިސަރުކާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ ހާއްސަ ވީޑިޔޯ މެސެޖެއް!

ދިޔަވަރު
މިސަރުކާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ ހާއްސަ ވީޑިޔޯ މެސެޖެއް!

ތިރީގައި މިވަނީ މިސަރުކާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާއްސަ ވީޑިޔޯ މެސެޖެކެވެ. މި މެސެޖުގައި އިންޑިޔާ ސިފައިން ރާއްޖޭގައި މިލިޓަރީ ބޭނުމަކު ނެތް ކަމަށާއި، ތިބީ އިންސާނީ އެހީ ދިނުމަށް ކަމަށް ވަނީ ހާމަ ކޮށްފައެވެ.

މި މެސެޖްގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވެފައިވާ ވާހަކަ ތައް ތިރީގައި މިވަނީއެވެ.

ބޭރުގެ އަސްކަރިއްޔާ ތަކާއި އެއްކޮށް އަބަދުވެސް ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން އެކި އެކި އޮޕްރޭޝަންތަކާއި، އެކްސަސައިޒްތަކާއި، ޓްރެއިންތަކާއި އެއްޗެހި އަބަދުވެސް ހިނގަމުން އާދޭ! ދެން މިވަގުތުވެސް ދިވެހިރާއްޖޭގައި އަސްކަރީ ރޯލެއް އަދާކުރުމަށްޓަކައި ބޭރުގެ އެއްވެސް ޤައުމެއްގެ އެއްވެސް މީހަކު ނެތް! މިވަގުތުވެސް ހެލިކޮޕްޓަރު ޑޯނިޔާ އޮޕަރޭޓް ކުރުމަށްޓަކައި ތިބި ބަޔަކު ތިބީ! އަދި އޭގެ އިތުރަށް ހޮސްޕިޓަލުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ޓެކްނިޝަނުން ތިބީ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ފަދަ، އެއްވެސް ކަމެއް އެއްވެސް ބަޔަކު ކުރާކަމަށް ވާނަމަ މާތް ވެގެންވާ އިސްލާމް ދީނާއި މި ޤައުމުގެ ޚިމަޔާތާއި، މިޤައުމުގެ ދިފާޢުގައި، އެންމެ ފުރަތަމަ ނުކުންނަ މީހެއް ގޮތުގައި އަޅުގަނޑު ވާނަން.

މިވަގުތު މިދެންނެވިހެން ދިވެހިރާއްޖެއަކުއެއް އެއްވެސް ޤައުމެއްގެ އެއްވެސް މީހަކު، އަސްރަލީ ރޯލެއް އަދާ ކުރަމަކުންނެއް ނުދޭ!

ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް

މިއީ މީގެ އެއްމަސް ކުރިން މޭޖާ ޖެނެރަލް އަބްދުއްރަހީމް ދިވެހި ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖެވެ. މިސަރުކާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ހުންނެވި ބޭފުޅާ ކަނޑައެޅިގެން ރާއްޖޭގައި އަސްރަލީ ރޯލެއް އަދާ ކުރަމަކުން ދާބަޔަކު ނޫޅޭ ކަމަށް ކަނޑައެޅިގެން ހާމަ ކޮށްފައިވާއިރު އަސްކަރީ ރޯލު އަދާ ނުކުރާ އިންޑިޔާ ސިފައިންގެ ޕައިލެޓުންތަކަކާއި، ޑޮކްޓަރުންނާއި، ޓެކްނިޝަނުންތަކެއް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތަކީ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ސިޔާސީ ހަރަކާތެއްގައި ދިވެހިރާއްޖެ އާއި އިންޑިޔާއާއި ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން ކަނޑާލުމަށް އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސީ މަޤުޞަދަކަށް ހިންގާ ޖަރީމާއެކެވެ.