ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓްރީގެ މިނިސްޓާ އެޓް ލާޖު ކަމަށް އަލީ ނަސީރު މުހައްމަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އަލީ ނަސީރަށް އޭނާގެ މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.
އަލީ ނަސީރަކީ އޭނާގެ އަނބިކަބަލުން، އޭރުގެ އެމްއެމް އޭ ގަވަރުނަރ އާޒިމާއާއި އެކު އެތައް މިލިއަނުން ޑޮލަރު އެމްއެމް އޭ މެދުވެރިކޮށް އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިން އެދުނު ގޮތަށް ދޮވެ ދީފައިވާ ފަރާތެކެވެ. އޭރުގައި މީނާގެ މައްސަލަ ބެލުމަށް އިންޓަރޕޯލް އާއި ހަމައަށް ގޮސްފައި ވީނަމަވެސް، ބާރުގެ ބޭނުން ކޮށްގެން އެ މައްސަލަތައް ހިންދާ ލާފައިވާކަމަށް ބެލެވެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ދައުލަތުގެ މުއައްސަސާތަކުން ބައިވެރިވެފައިވާކަން އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. ހާއްސަކޮށް އެމްއެމްއޭ އިން އެކަމުގައި އިހުމާލުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ވެއެވެ.