ޚަބަރު

މުއިއްޒުގެ ފުރަތަމަ ދުވަސް: ރައީސް އޮފީހުގެ ދާއިމީ 6 މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފި!

ދިޔަވަރު
މުއިއްޒުގެ ފުރަތަމަ ދުވަސް: ރައީސް އޮފީހުގެ ދާއިމީ 6 މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފި!

ރައީސް އޮފީހުގެ ސީޔާސީ ނޫން މަޤާމުތަކުގައި ތިއްބެވި ދާޢިމީ މުއައްޒިފުންގެ ތެރެއިން 6 މުއައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ. ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ، ވަޑައިގެންނެވީ އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ދިނުމަށް ފަހުގައެވެ. ރައްޔިތުންގެ ވޯޓު ހޯއްދެވީ އެފަދައިން ކެމްޕެއިން ކޮށްގެންނެވެ.

މި ގޮތުން ޕޮލިސީ ސެކްޝަނުންނާއި، ލީގަލް އަފެއަރޒް ސެކްޝަންގައި ގިނަ ދުވަސްވީ ބޭފުޅުން ވަޒީފާއިން ވަކި ކޮށްފައިވާކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ވަނީ ލިބިފައެވެ.

ދިވެހި އެންމެހާ ރައްޔިތުން ހިމާޔަތްކޮށް ދެރަ ގޮތެއް ނަހަދާނަ ކަމަށް، ހުވާކޮށްގެން އެރި މުއިއްޒު ހުވާ ކުރިތާ 24 ގަޑި އިރު ނުވަނީސް، އަޅުގަނޑު ކަހަލަ އާދައިގެ ރައްޔިތަކު ވަޒީފާއިން ކަނޑާލާ މަގުމައްޗަށް އެއްލާލީމާ ވަރަށް ބޮޑަށް ޝުކުރިއްޔާ! ބާރު އޮތީމަ މިއަދު ތިހެން ހެދިދާނެ! ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން، މިފަދަ މީހަކަށް ދުވަހަކު ހެޔޮގޮތް މިން ވަރު ނުކުރައްވާށި! އާމީން!

އެއްވެސް ސަބަބެއް ނެތި ވަޒީފާއިން ވަކި ކުރި ރައީސް އޮފީހުގެ ދާއިމީ މުއައްޒަފަކު (މައި) ރައީސް އޮފީސް ވަޓްސްއެޕް ގްރޫޕްގައި ލިޔުއްވިއެވެ.

އިތުރު ފަރާތްތައްވެސް ވަޒީފާއިން ވަކި ކުރާނެ ކަމުގައި ބެލެވެއެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްވެސް ގުނަމުން ދަނީ އަނިޔާވެރިކަމާއި، އެތައް ރައްޔިތުންނަށް ހިތްދަތިކަން ގެނުވަމުންނެވެ.